Tablet Athah Goveethah?
image
ސްކޫލެއްގެ ދަރިވަރުންނަށް ބަހަން ހުރި ޓެބްލެޓްތަކެއް--
10 ކޮމެންޓް
 

ޓެބްލެޓް "އަތަށް ގޮވީތަ؟"

ރާއްޖޭގެ ތަޢުލީމީ ނިޒާމަށް، ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ވައުދުވެ، ސްކޫލުތައް ޑިޖިޓަލްކޮށް، ޓެކްސްޓް ފޮތުގެ ބަދަލުގައި ޓެބްލެޓު ބޭނުން ކުރާން ފަށާނީ މިއަހަރު ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އިޢުލާނު ކޮށްފައެވެ. އަދި މިކާމާބެހޭ ގޮތުން އެކިފަހަރުވަނީ ނޫހުގައި ސުރުޚީވެސް އަޅައިފައެވެ. ބޭނުމަކީ މިއީ ކުރެވޭ މޮޅު ކަމެއްކަން ދެއްކުމެވެ. kobadoctor
ދެވަނަ ޓާރމު ފެށުމާއެކު ދަރިވަރުންނަށް ޓެބުލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ފަށައިފައިވާ ކަމަށް ނޫސްތަކުގައި ސުރުޚީ އަޅައިފައިވާއިރު، ޓެބްލެޓްތައް ބޭނުންކޮށްގެން އަދިވެސް މިވަނީ ކިޔަވައިދޭން ނުފެށިފައެވެ. ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި މިނިސްޓްރީން، އިޢުލާނު ކޮށްފައިވާ އަދަދަކަށް އަދި، ޓެބުލެޓުތަކެއް ރާއްޖެއަކަށް ނުލިބެއެވެ. ސްކޫލުތަކުގެ ދަރިވަރުންނަށް ޓެބުލެޓުތައް ބަހާކަމަށް ޝޯ ކުރި ނަމަވެސް އެކަމެއްވެސް އަދި ނުހިނގައެވެ.

ދެވަނަޓާމުގެ ކިޔެވުން ފެށިގެން މިދަނީ ކުރިއަށެވެ. ޓެބްލެޓުތައް ކޮބައި ހެއްޔެވެ؟ ދަރިވަރުން އެ ގެންގުޅޭތީއެއް ނުފެނެއެވެ. އަދި ޓީޗަރުން އެ ބޭނުން ކޮށްގެން ކިޔަވައިދޭތީއެއްވެސް ނުފެނެއެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ ޓެބްލެޓުތައް ނުބެހި ލަސްމިވަނީ "އަތަށް ގޮވައިގެން" ހެއްޔެވެ؟ ޓެބްލެޓު ބޭނުންކޮށްގެން ކިޔަވައިދޭން ނުފެށި ލަސްވުމުގައި އެތައް ސަބަބުތަކެއް ހުރިކަމަށް ފެނެއެވެ. އެއްބަޔަކު ތުހުމަތު ކުރާހެން އަދި ހުރިހައި ޓެބްލެޓުތައް ރާއްޖެއަށް ނުގެނެވެނީ ކަމަވެސް ވެދާނެއެވެ. ނޫނީ ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން ހުރިހައި ރަށަކަށް ޓެބުލެޓުތައް އަދި ނުފޮނުވިގެން އުޅެނީ ކަމަވެސް ވެދާނެތާއެވެ.

މިކަން މިހެންވުމުގައި އެންމެ ފާހަގަ ކުރެވޭ އެއްކަމަކީ، މިކަމުގައި އިޚްލާސްތެރިކަމެއް ނެތުންކަމަށް ވެދާނެއެވެ. މިކަމުގައި އިޚްލާސްތެރިކަން ހުރިނަމަ މިކަމުގެ ހޯމްވޯކް ކުރީން ހަދާނެއެވެ. މިކަމަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ، މިކަން ކުރާން އެންމެ ރަނގަޅު ޑިވައިސްއަކީ ކޮބައިތޯ، ކުރީން ދިރާސާ ކުރާނެއެވެ. ނުވަތަ ކުރާންޖެހޭނެއެވެ. ނަމަވެސް ކަން ކުރެވިފައިވަނީ ހޯމްވޯކް ނުހަދާކަމަށް ފެނެއެވެ. މީގެ ނަތީޖާއަކަށްވަނީ ރާއްޖެއަށް ގެނަސްފައިވާ ޓެބްތަކަކީ، ކޮންޒިއުމާ ޑިވައިސްއަކަށްވުމެވެ. މިތަކެތި މިހެންހުރެ ދަރިވަރުންނާ ހަމައަށް ދިއުމަކީ ކިހާ ނުރައްކާތެރި ކަމެއްކަން ޒިންމާދާރު ބޭފުޅުންނަށް ވިސްނިވަޑައި ނުގެން އޮތުމަކީ ލަދުވެތިކަމެކެވެ. ޓީޗަރުންގެ ހުރި އެންމެ ބޮޑު ކަންބޮޑުވުމަކީ މިއީއެވެ. ކޮންޒިއުމާ ޑިވައިސްތަކެއް އެޑިޔުކޭޝަނަލް ޑިވައިސްއަކަށް ބަދަލު ނުކުރެވި ދަރިވަރުންގެ އަތަށް އަރާފާނެތީއެވެ. ފަހަރުގައި، ޓެބްތަކުން ކިޔަވައި ނުދެވި ލަސްވާ ސަބަބަކީ މިއީ ކަމުގައި ވެސް، ވެދާނެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޝަފީޢު، ވިދާޅުވެފައިވަނީ، ޓެބްލެޓް ބޭނުން ކުރާނީ ހަމައެކަނި ކިޔަވައި ދިނުމާ ގުޅުން ހުރި ކަންކަމަށް ކަމަށެވެ. އަދި ޓެބްލެޓަށް އިންސްޓޯލް ކުރެވޭނީ، އަދި ޓެބްލެޓުން ވަދެވޭނީވެސް، ކަނޑައަޅައިފައިވާ ވަކި ވެބްސައިޓު ތަކަކަށް ކަމަށެވެ. މިކަމުން ހާމަކޮށްދޭން ބޭނުންވަނީ، ޓެބްލެޓު ބޭނުންކުރުމުގެ ކޮންޓުރޯލް މިނިސްޓްރީގެ ދަށުގައި އޮތްކަމެވެ.

ޝަފީޢު މިހެންވިދާޅުވުމުން އުފެދޭ ސުވާލަކީ، އެފަދަ ކޮންޓްރޯލެއް ހޯއްދެވީ ކިހިނެއްތޯއެވެ؟ ކޮންޒިއުމާ ޑިވައިސްއަކަށް ސެކުއަރ ހޯދި ގޮތަކާމެދުގައެވެ.

ޓެބްލެޓުތަކަކީ ކޮންޒިއުމާ ޑިވައިސް ތަކަކަށް ވުމުން ބުޅާ ގޯނީން ބޭރުވެ، ހުރިހައި ކަމެއް މިވަނީ "ބަރަހަނާ" ވެފައިކަމަށް ބެލެވެ އެވެ. މިކަމުގައި އިޚްލާސްތެރިކަމެއް ނެތްކަމާއި، މިކަމަށް ކުރާންޖެހޭ ދިރާސާތައް ކުރީން ކުރެވިފައި ނުވާކަން މިވަނީ ފަޅާ އަރައިފައެވެ. މިކަންކަން ކުރެވުނުނަމަ، މިތަކެތި ގެނައުމުގެ ކުރީން އުފެއްދި ފަރާތާ އެކަމާ މަޝްވަރާ ކުރެވުނީހެވެ. މިއީ އެޑިޔުކޭޝަނަލް ބޭނުން ތަކަށް އުފައްދާ އެއްޗަކަށްވާތީ، ސެންޓަރަލީ މެނޭޖް ކުރެވޭނެ އެއްޗަކަށް ވާންޖެހޭނެ ކަމަށް ބުނެދެވުނުންނަމަ އެކަން އެމަގަށް ކުރެވިނީސްކަން ޔަޤީނެވެ.

ނަތީޖާއަކަށް މިއަދުމިވީ ކޮން ކަމެއްހެއްޔެވެ؟ ޓެބްލެޓުތަކުގެ ސެކުއަރ މިނިސްޓްރީއަށް ހޯދިދާނެ ހެއްޔެވެ؟ މިއީ، ފަސޭހަ ކަމެއް ނޫނެވެ. އަދި މިއީ، ޚަރަދުގެ ގޮތުންވެސް ކުޑަ ކަމެއް ނޫނެވެ. މަސައްކަތުގެ ގޮތުން މިއީ، ބުރަ ކަމެކެވެ. އަނެއްކޮޅުން މިފަދަ ކަމެއް ހިންގާ ބެލެހެއްޓޭނެފަދަ ކެޕޭސިޓީ ހުރި ޓެކްނިކަލް ބަޔަކު މިނިސްޓްރީގެ އިތުރުން ހުރިހައި ސްކޫލެއްގައިވެސް ތިބޭން ޖެހޭނެކަމަށް ބެލެވެ އެވެ. ސާފުކޮށް އެނގޭ ކަމަކީ، އެ ކެޕޭސިޓީ ނެތްކަމެވެ.

ޓެބްލެޓުތައް ސެކުއަރ ކުރަން، އެޑިޔުކޭޝަނަލް ޑިވައިސްއަކަށް ބަދަލު ކުރާންޖެހޭނެއެވެ. މިކަން ކުރެވިދާނެ އެއް ގޮތަކީ، 3 ވަނަ ފަރާތަކުން ސޮފްޓުވެއާތަކެއް ހޯދުމެވެ. މި ސޮފްޓުވެއާތައް ގަތުމަކީ ޚަރަދު ކުޑަކަމެއް ނޫނެވެ. ދެވަނަ ކަމަކީ، ސާފޭސް ކިޔާ އެޕްލިކޭޝަނެއް އަޅައިގެން ރައްކާތެރިކަން ހޯދުމެވެ. ނަމަވެސް ޓެބްތަކަކީ ވަރަށް ބޮޑު ކުރައުޑަކަށް ދެވޭ އެއްޗަކަށް ވާއިރު، މިފަދަ ތަކެތި ޓެސްޓްކޮށްލެވޭނެ ގާބިލު ފަރާތްތައް މި މުޖްތަމަޢުގައި ތިބޭނެއެވެ. އެހެންކަމުން މިއެޕަކީ ރައްކާތެރިކަމުގެ ގޮތުން 100 އިންސައްތަ ދެވޭނެ އެއްޗަކަށް ނުވެއެވެ.

ތިންވަނަ ގޮތަކީ ގޫލުލްގެ އެހީތެރިކަން ހޯދުމެވެ. މިއީ، ރައްކާތެރިކަމާމެދު ސުވާލު ނުއުފެއްދޭނެ ހަމައެކަނި މަގެވެ. އެހެން ނަމަވެސް މިގޮތަށް މިކަން ކުރުމަކީ މިހާރު ވަރަށް އުނދަގޫ ކަމެކެވެ. ސަބަބަކަށްވަނީ، ގެނެސްފައިވަނީ އެންޑްރޮއިޑް ޓެބްތަކަކަށް ވުމެވެ. އެހެންކަމުން ސެކްއަރ ކުރުމަށް ގޫގުލްގެ އެހީތެރިކަން ހޯދާނަމަ، ކޮންމެ އެޕަކަށް، މަހަކަށް މަދުވެގެން 2 ޑޮލަރު ދައްކަން ޖެހޭނެއެވެ. މިއަގަށް ބަލާއިރު މިއީ، މަހަކަށް 2،189،640 (ދެމިލިޔަން އެއްލައްކަ އަށްޑިހަ ނުވަހާސް ހަސަތޭކަ ސާޅީސް ރުފިޔާ) އެވެ. ސުވާލަކީ މިޚަރަދު ކުރެވިދާނެތޯއެވެ؟ ދެން އޮތް ސުވާލަކީ ސެކްއާރ ނުކޮށް ޓެބްތައް ދޫކޮށްލެވިދާނެތޯއެވެ؟ އެއީ ކުރާން ހެޔޮވާވަރުގެ ކަމަކަށް ވެދާނެތޯއެވެ؟

ޓީޗަރުން ދެކޭ ގޮތުގައި ޓެބްލެޓުތައް ސެކްއަރ ނުކޮށް ދޫކޮށްލުމަކީ ކުރާން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އެއީ ވަރަށް ނުރައްކާތެރި ކަމެކެވެ. މިފަދަ ކަމެއް ކޮށްފިނަމަ ބައެއް ދަރިވަރުން އެއިން ކުރާނީ ކުރާނެ ކަމެކެވެ. ބޭނުން އެއްޗެއް އެއަށް އަޅާނެއެވެ. ބޭނުން އެއްޗެއް އެއިން ބަލާނެއެވެ. ބޭނުންތަނެއް އެއިން ފޮޓޯ ނަގައިގެން ހިތުހުރި ކަމެއް ކުރާނެއެވެ. ނަތީޖާއަކަށްވާނީ އެތައް ކުދީންނަކާއި އެތައް ބައެއްގެ އަބުރު "ކަތިލެވިގެން" ދިއުމެވެ.

ދިވެހިރާއްޖެއަށްވުރެ މާ ތަރައްޤީ، ގައުމުތަކުގައިވެސް، ކޮންމެ ކުއްޖަކަށް ޓެބްލެޓުދީގެން މިހާ ފުޅާކޮށެއް މިކަމެއް ނުކުރެއެވެ. އެއީ، ދަރިވަރުންނަށް އެންމެ ފައިދާ ހުރި ގޮތްނަމަ، އެތަންތާގައި މިކަން މިގޮތަށް ކުރާނެތާއެވެ. ނުކޮށް އެތިބެނީ ލާރިނެތިގެންނެއް ނޫނެވެ. ސަބަބުތަކެއް ހުރީމައެވެ. ބޮޑު ދަރަންޏެއް ރައްޔިތުންގެ ބޮލުގައި މިކަމުން ވެސް އެޅުވިއްޖެއެވެ. ދަރިވަރުންނަށް ކުރި ފައިދާއެއް "ހަރާމެވެ." އެކަމަކު ބަޔަކު މިކަމުން މަހުޖަނު ވެއްޖެއެވެ. ޓެބްލެޓުތައް ސެކްއަރ ނުކޮށް ދަރިވަރުންނަށް ދެވޭކަށް ނެތެވެ. އެކަމަކު އެކަން ކުރެވޭކަށް ވެސް ނެތެވެ. މިހާރުދެން މިދިޔައީ މަލިކު މީހުންގެ "ބުނެވޭކަށްނެތް، ނުބެނެވާކަށްނެތް" މި ލަވައަށްތާއެވެ. އިޚްލާސްތެރިކަމެއްނެތި ދެއްކުންތެރިކަން ކުރިއަށް ނެރެފިނަމަ އާޚިރު ނަތީޖާއަކަށްވާނީ "އަތަށް ގޮވުމެވެ."
ހިޔާލު

ގައުމުދެކެ ލޯބިވާ

އިޚްލާސްތެރި ކަމާއި ވައްކަމާއި އޯގާތެރިކަމާއި ނޭނގޭ ބަޔަކަށް އެނގޭނެ އެއްވެސް އެއްޗެއް ނޯންނާނެ.އެކަހަލަ ބަޔަކަށް ކިތަންމެ ރަނގަޅުކަމެއް ކޮއްދިނަސް އެބަލައިގަންނާކަށް ނޭނގޭނެ.

ޖަހާމުގުރި

ޓެބްލެޓް "އަތަށް ގޮވީއެއް ނޫނެވެ. މިލިޔުން ލިޔުނު ކުލީނޫސްވެރިޔާގެ ސިކުޑިވަނީ މާކުރިން ގޮވާފައިކަން މިލިއުން ކިޔާނިމުމުން އެގިއްޖެއެވެ.

ރައިން

ކޮބާއަޅުގަނޑުގެ ކޮމެންޓް އެކޮމެންޓް ޝާއިރު ކޮއްނުލެވުނީ ކިޢްވެތޯ

އަހުމަދު

ތިބުނާ ޓެކްސް ފައިސާއަށް ގެނާ އެއްޗެއް ނޫން ޓެބުލެޓް ތަކަކީ. އެއީ އަރަބި ޤައުމެއްގެ ހިލޭ އެހީގެ ދަށުން ހޯދި އެއްޗެއް.

ސައިނީ

ޕޭރަންޓުން އަމިއްލެޔައް ތިތަކެތި ގަންނަންވީ އޭރުން އެބޭނުން ކުރާގޮތަކަށް ބޭނުން ކޮށްފާނެ އެއްނު

ވޯރކާރ

ތިކަމުގައި ވެސް ވައްކަމާއި، ކަޓު ނެގުމާއި، މުދާ ބައްކުރުން، ކޮންފަދަ ކަމެއްބާ މި ގައުމަށް ފާ ވެފަ މިވަނީ،

ގުއިއްޒު

ކޮބާ ވަގުކަލޭގެ؟ އަވަހަށް ހޯދާ.

ބެލެނިވެރިއެއް

މަގޭ ދަރި އަތުޖައްސާލަން ޓެބްލެޓް ދީފަ އަތުލައިފި. ކުދިން ކޮޅު ރޮނީ. ޓެބްލެޓް ސްކޫލު ގުދަނުގަ.

ހަސަން

މިހާރު ގެނެސްފައިވާ ޓެބްލެޓް ތައް ހުރިގޮތަށް ކުދިންނާ ހަވާލުކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއްނޫން. މިވާހަކަ މީޑިއާގައި ގިނައިން ދައްކަން އެބަޖެހޭ . ޝުކުރިއްޔާ.

ޑިމޮކްރަސީ

ރައްޔިތުންގެ ޓެކްސް ފައިސާ ތިމަ ތިމާމެންގެ އަންބަޮޑިތަކަށް ވާސަރީ ކޮންފަދަ އޯގާތެރިކަމަެއް