Stelco Ge Fenvaru Rangalhu Kurumah Pakistanaa eku Ebbas vumehgai Soi Kohffi
image
ސްޓެލްކޯ އިމާރާތް---
1 ކޮމެންޓް
 

ސްޓެލްކޯގެ ފެންވަރު ރަނގަޅު ކުރުމަށް ޕާކިސްތާނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް(ސްޓެލްކޯ) ގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ޕާކިސްތާނާއެކު އެއްބަސް ވުމެއްގައި ސޮއި ކޮށްފިއެވެ.
ޕާކިސްތާންގެ 'ވޯޓަރ އެންޑް ޕަވަރ ޑިވެލޮޕްމަންޓް އޮތޯރިޓީ (ވަޕްޑާ) އާއި އެކު އެ އެއްބަސް ވުމުގައި ސޮއި ކޮށްފައިވަނީ މިދިޔަ ހަފުތާގައެވެ. ނަމަވެސް ސްޓެލްކޯއިން އަދި އެ އެއްބެސްވުމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ހާމައެއް ނުކުރެއެވެ.

ސްޓެލްކޯގެ ފަރާތުން އެއެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ ޗެއާމަން އަހްމަދު އައިމަންއެވެ. އަދި ވަޕްޑާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރައްވީ އެކުންފުނީގެ ފިނޭންސް މެމްބަރު މުހައްމަދު އިކްރާމެ ޙާން އެވެ.

ވަޕްޑާއިން ނެރިފައިވާ ބަޔާނުގައި ބުނީ އެ އެއްބަސްވުމާއި އެއްގޮތަށް އެކުންފުނިން ސްޓެލްކޯގެ މުވައްޒަފުންނަށް ތަމްރީން ޕްރޮގަރާމްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އޭގެ އިތުރުން ދެކުންފުނި ދޭތެރޭ މުވައްޒަފުން ބަދަލު ކުރުމަށާއި ތަފާތު އެކި ކަންކަމުގައި ބައިވެރި ކުރުމަށް ވަނީ އެއްބަސްވެފައެވެ.

އިކްރާމެ ހާން ވިދާޅުވީ އެއެއްބަސްވުމާ އެއްގޮތައް ޕާކިސްތާނުން ރާއްޖެއަށް ބޮޑު އެހީތެރިކަމެއް ދޭނެކަމަށެވެ. އަދި އެއީ ރާއްޖޭއާއި ޕާކިސްތާނުގެ ގުޅުން ބަދަހިވާނެ ކަމެއް ކަމަށެވެ.

ހަބަރުފަތުރާ ވަސީލަތްތަކުން ބުނާގޮތުގައި ސްޓެލްކޯގެ ވަފުދެއް ވަނީ ޕާކިސްތާނަށް މިދިޔަ މަހު 25 ހިސާބުގައި ގޮސްފައެވެ.
ހިޔާލު

ސްޓެލްކޯ

ޕާކިސްތާނަކީ 24 ގަޑިއިރު ބަރާބަރަށް ކަރަންޓު ދެވޭ ޤައުމެއްނޫން. އެއްވެސް ސިޓީ އަކަށް ނުލިބޭނެ. 21 ގަޑިއިރު ގިނަވެގެން 24 ގަޑިއިރުތެރޭ ކަރަނޓް ލިބޭނީ. ޥަރަށް ރަނގަޅު ވަރަށް އެހީލިބޭނެ