11 Ilmuveriegge Thaidhu Raes yaminai Shaheemah, Ginaee Sarukaarugai Thibbevi Beyfulhun
image
ދަރުބާރު ގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---ފޮޓޯ:ސަން
13 ކޮމެންޓް
 

ޔާމީނާއި ޝަހީމަށް 11 އިލުމުވެރިއެއްގެ ތާއީދު، ގިނައީ ސަރުކާރުގައި ތިއްބެވި ބޭފުޅުން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށާއި އެމަނިކުފާނުގެ ރަނިންމޭޓު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދަށް ތާއީދު ކުރައްވަން ރާއްޖޭގައި 11 އިލްމުވެރިއަކު ނިންމަވައިފިއެވެ.
ދަރުބާރު ގޭގައި މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޔާމީނަށާއި ޑރ.ޝަހީމަށް ތާއީދު ކުރެއްވި 11 ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންނަކީ ސަރުކާރުގެ އެކި ވަޒީފާ ތަކުގައި ތިއްބެވި ބޭފުޅުންނެވެ. އޭގެތެރޭގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ހިމެނިވަޑައިގަންނަވައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން:

1. ޝެއިހް އަހުމަދު ޝަފީހު
2. ޝެއިހް އިއްޒުއްދީން އަދުނާން
3. ޝެއިހް މުހައްމަދު ލަތީފު
4. ޝެއިހް މުހައްމަދު ނަޝީދު އާދަމް
5. ޝެއިހް މުހައްމަދު ދީދީ
6. އައްސަދުﷲ ޝާފީ
7. ޑރ.މުހައްމަދު ގުބާދު އަބޫބަކުރު
8. ޝެެއިހް ނަސްރުﷲ އަލީ
9. އަހުމަދު ޒަނީން އާދަމް
10. ޝެއިހް ހައިޝަމް މުހައްމަދު ފުޅު
11. ޝެއިހް އަލީ ރިޒާ

ޝެއިހް އިއްޒުދީން އަދުނާނަކީ އިސްލާމިކް މިނިސްޓްރީގެ އިސް މަގާމެއް އަދާ ކުރައްވާ ބޭފުޅެކެވެ. ޝެއިހް މުހައްމަދު ލަތީފަކީ މިނިސްޓަރުގެ ނައިބުން ފެންވަރުގެ ސިޔާސީ މަގާމެއްގައި ހުންނެވި ބޭފުޅެކެވެ. ޝެއިހް މުހައްމަދު ދީދީއަކީ ކުރިން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރެކެވެ. މުހައްމަދު ދީދީ އެ މަގާމުން އިސްތިއުފާ ދެއްވީ އަދާލަތުން ސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންދިއުމުން 2015 ވަނަ އަހަރުއެވެ. ޝެއިހް މުހައްމަދު ނަޝީދު އާދަމަކީ އެމްއެންޔޫއާއި އައިޔޫއެމްގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

އައްސަދުއްﷲ ޝާފީއަކީ އިސްލާމިކް މިނިސްޓްރީގެ ސީނިއަ ޕޮލިސީ އެގްޒެކެޓިވްއެކެވެ. ގުބާދަކީ ވެސް ކުރިން ސަރުކާރުގެ ބައެއް ސިޔާސީ މަގާމު ފުރުއްވި ބޭފުޅެކެވެ. ޝެއިހް ނަސްރުﷲ އަލީ އަކީ ހުޅުމާލޭ ސަރުކާރު ސުކޫލެއްގައި އިސްލާމް ޓީޗަރަކަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

އަހުމަދު ޒަނީން އާދަމަކީ ވެރިކަން ކުރާ ޕީޕީއެމްގެ ބައެއް ކޮމިޓީތަކުގައި އުޅުއްވި ބޭފުޅެކެވެ. ޝެއިހް ހައިޝަމަކީ މިނިސްތަރުގެ ނައިބުންގެ ފެންވަރުގެ މަގާމެއްގައި ހުންނެވި ބޭފުޅެކެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައްސަދުﷲ ޝާފީ ވިދާޅުވީ ރައީސް ޔާމީނާއި ޝަހީމަށް ތާއީދު ކުރައްވާ އިތުރު ބޭފުޅުން އަދިވެސް އެބަ ތިއްބެވި ކަމަށެވެ. ނަމަވެސް ބައެއް ބޭފުޅުން ރާއްޖެއިން ބޭރުގައި އުޅުއްވާތީއާއި ބައެއް ބޭފުޅުން ބަލިވެ އުޅުއްވާތީ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގެންނެވުނީ ކަމަށް އައްސަދުއްﷲ ވިދާޅުވިއެވެ.
ހިޔާލު

ބިތުފަންގި

ސައިހް އިއްޒުއްދީން އަރާފަ މިބުނަނީ ޒާތީމަންފާއެއް އޮވެގެންނެއް ނޫނޯ އެއްވެސް މީހަކު ސަހީމްއައް ތާއީދުކުރީ، ފުރަތަމަ އިއްޒުއްދީންކާރީގަ އަހާބަލަ ބޮލުގަ އިސްތަށިގަނޑު ނުރައިގަ ކަޅުކުލަޖެއްސުމަކީ ކޮންކަހަލަ ކަމެއްތޯ. ޖަވާވު ކަޅުނޫންކުލައެއް ހުއްދަ. ފުރަތަމަ އަމިއްލަ ނަފުސައް ތެދުވެރި ނުވާމީހަކު، އެހެންފަރާތަކައް ތެދުވެރިވުމަކީ ވަރައް ނާދިރުކަމެއް. ގިނަ ސައިހުން ބޯކަޅުކޮއްގެން ތިބެ، އެހެންމީހަކު އެކަމާ ސުވާލުކުރީމަ މިބުނަނީ ނުރަކަޅުކުރުން ހުއްދައެއް ނޫނޭ، ކަޅުނޫން އެހެން ކުލައެއްޖެއްސިދާނޭ! ރަގަނޅުސައިހުންވެސް އެބައުޅޭ ރާއްޖޭގަ. ސައިހުން ސިޔާސީވީމާ ހުއްދަނޫންކަންތައްވެސް ހުއްދަކުރާނެ.

ބެމްބޫ

ޝައިޚް އަލީ ރިޒާ އުޅުއްވަނީ އެޑިޔުކޭޝަންގެ ބައެއްގައި.

މުހައްމަދު

ވަޒީރު އެދުނީމާ ވޯޓުދޭނެކަން ތިގޮތަށް މުޅިގައުމަށް އަންގަންޖެހޭތަ؟ ތިކަހަލަ ކަންތައް ކުރާމީހުންނަށް ކިޔާނަމަކީ މުނާފިގުން.!!!!

އަސޭލާ

ހައްދަވައި ބޮޑު ކުރެއްވި ﷲ މިނުލަފާ ޢިލްމުވެރިންގެ ކިބައިން ޤައުމު ސަލާމަތް ކުރައްވާދޭވެ.މި ބޮޑު ވަގުގެ ކިބައިން މި ޤައުމު ސަލާމަތް ކުރައްވާދޭވެ.

791

ބޮޑު ތަނުން 2018ގެ އިންތިޚާބުން ވެރިކަން ޔާމީން އަތުން ގެއްލިގެންދާނެ - އިންޝާ ﷲ

އާދަނު

މިފަދަ ޢިލްމުވެރިންނާއި ގުޅޭގޮތުން މީގެ 1400 އަހަރު ކުރިން ރަސޫލާ ވަނީ އިންޒާރު ދެއްވާފައި. މަނުދޭނަން ވޯޓެއް ވަގަކަށް.

ވަހީދު

ވަޒީފާ ބިރު މިފަދަ ބޭފުޅުންނަށް ކުރިމަތިވާނަމަ ފަނޑިޔާރުންނަށް ވާނީ ކިހިނެއް. އިލްމު ވެރިން ތިބީ އެމީހަކު ބޭނުންވަރަކަށް އިލްމު ހޯދެން ނެތް ޒަމާނު. މިހާރު ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުން އިލްމެއް ހޯދުމުގެ އިޚްތިޔާރު އެބޮތް.

ކާލި

އެއީ ސަރުކާރުގެ މުވައްޒިފުން ކޮޅެއް ތަނެއްގައި އިށީދެތިބީ އެތާކު ނެތް މާބުރަދަން ހުރި އިލްމު ވެރިޔަކު !

ހައްވާގެތެލެފޯނާާ

ނޫހުގަ މިކަހަލަ ޙަބަރު ލިޔާތީ މަށަށް ކަޑައީ!!!

ކަލް ދޯ ބަޖޭ

އެއްފަޅީގައި އޮތީ ޗައިނާގެ ސަޕޯޓަރުން އަނެއް ފަޅީގައި އޮތީ ޔޫރަޕްގެ ސަޕޯޓަރުން ދެފަޅިވެސް ގޯސް ބޭނުންވަނީ ސަތޭކަ ޕަސެންޓު ދިވެހި ފަޅިޔެއް ތިންވަނަ ގުރޫޕެއް ނެރެން މުހިންމީ

މީނާ

ފުރުދުންގެ މައްސަލައަށްވުރެ ގައުމީ މަސްލަހަތު އިސްކުރާށޭ މިޝޭހުން ކިޔާއިރު ފަރުދުން ނެތްތަނެއްގައި ގައުމެއް ނޯންނާނެކަން މި ބޭކަލުންނަށް ނޭނގެނީތޯ؟؟؟

އަލީ މުހައްމަދު

މި އިލްމުވެރިން މިބުނަނީ ކީކޭއްތަ؟ ވެރިޔާގެ އެކައުންޓަށް ވަނީމާ، އެތައް ދިވެހީންނެއް ގަތުލް ކުރާއިރު ، އެތައް ކޮރަޕްޝަނެއް ހިންގާ އެތައް ބަޔަކު ނުހައްގުން ހައްޔަރު ކުރާއިރު، އެތައް ޝަރީއަތެއް ތާކުން ތާކު ނުޖެހޭގޮތަށް ހިނގާއިރު އަދި ބުއްދީ ގެ ގޮތުން ގަބޫލު ނުކުރެވޭ ގާނޫނުތައް ހަދާއިރު އިސްލާމްދީނުގައި އެކަން ބެލޭނެ ގޮތެއް ނުވަތަ ބަލެން ނުޖެހޭނެ ކަމަށް ދީނުގައި ބުނަނީއޭތޯ؟

ހުސެންބެ

ކިތަންމެ އިލްމެއް ހުއްޓަސް އެއިލްމް ނުބައިގޮތުގައި ބޭނުންހިފީފަ އެކަމުން ވަރަށް ގޯސް ނަތީޖާ ނިކުންނާނެ. ދީން ހަތިޔާރަށް ބޭނުންކުރުން އެއީ ބޮޑުވެގެންވާ ގޯހެއް.