Japan ah Boakoh Vaareyvehi 100 Meehun Maruvehje
image
ޖަޕާނަށް ކުރަމުންދާ ވިއްސާރައާއި ހިނގި ހާދިސާތަކުގައި މަރުވުވި މީހުންގެ އަދަދު 100 އަށް އަރައިފި
0 ކޮމެންޓް
 

ޖަޕާނަށް ބޯކޮށް ވާރޭވެހި 100 މީހުން މަރުވެއްޖެ

ޖަޕާނަށް ބޯކޮށް ވާރޭވެހި ހިނގި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 100 އަށް އަރައިފިއެވެ. dhi2
އެގައުމަށް ރެކޯޑް މިންވަރަކަށް ވާރޭވެހި ފެންބޮޑުވެ ބިންގަނޑު ކަހާލުމުގެ ހާދިސާތައް ހިނގާފައިވާއިރު 50 އަށްވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ބެލެވޭ ކަމަށް ޖަޕާނުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ޖަޕާނުގެ ހުޅަނގުގެ ބައެއް ސަރަހައްދުތަކަށް ވަނީ ވަރަށް ބޯކޮށްވާރޭ ވެހިފައެވެ. ރިޕޯޓްތައް ބުނާ ގޮތުން އާންމުކޮށް ޖުލައި މަހު ވާރޭވެހޭ މިންވަރަށްވުރެ ތިން ގުނަ އިތުރަށް ޖަޕާނުގެ ހުޅަނގަށް ވަނީ ވާރޭ ވެހިފައެވެ.

ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކޯރުތައް ބަންޑުންވެދާނެތީ އެ ސަރަހައްދުގައި އުޅޭ ދެ މިލިއަން މީހުން، ރައްކާތެރި ސަރަހައްދުތަކަށް ދިއުމަށް ވަނީ އަންގާފައެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ އެތައްބަޔަކު ގެއްލިފައިވާ ކަމަށާއި އެހީތެރިކަން ބޭނުންވާ އެތައް ބަޔަކު އެބަތިބި ކަމަށެވެ. ޖަޕާނުގެ މޮޓޮޔަމާއަށް ހުކުރު ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް 583 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.
ހިޔާލު