June Mahu Mira ah 1.3 Billion Ruffiya
image
0 ކޮމެންޓް
 

ޖޫން މަހު މީރާއަށް 1.3 ބިލިއަން ރުފިޔާ

މިދިޔަ ޖޫން މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.3 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ. muni
މީރާއިން ހާމަކުރި ގޮތުގައި އެއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއާ އަޅައިބަލާއިރު 41 އިންސައްތަ އިތުރު އަދަދެކެވެ. އަދި މިއަހަރުގެ މި މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 18.5 އިންސައްތަ އިތުރު އަދަދެކެވެ. މިއަހަރުގެ ޖޫން މަހު ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 49.9 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ މި އަހަރު ލިބުނު އާމްދަނީ އިތުރުވި މައިގަނޑު ސަބަބަކީ ފިތުރު ޢީދު ބަންދާ ގުޅިގެން ޖޫން 2017 ގެ ހުރިހާ ޓެކުހުގެ ސުންގަޑިތައް ޖުލައި މަހަށް ފަސްކުރެވިފައިވުން ކަމަށް މިރާއިން ބުނެއެވެ. އަދި، 2017 ވަނަ އަހަރާއި އަޅައިބަލާއިރު މި އަހަރު ގިނަ ރިސޯޓުތަށް ހުޅުވިފައިވުމުގެ ސަބަބުން ޓޫރިޒަމް ލޭންޑް ރެންޓް، ޓީ.ޖީ.އެސް.ޓީ، އަދި ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް މިރާއިން ބުނެއެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 35.4 އިންސައްތަ ނުވަތަ 455.95 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓުންނެވެ. އެއީ 12.6 އިންސައްތަ ނުވަތަ 292.04 މިލިއަން ރުފިޔާއެވެ.
ހިޔާލު