Hohalhain Ithuru Kujjaku Salaamai Kohfi
image
ހޮހަޅައިން ކުދިން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށް ދަނީ
1 ކޮމެންޓް
 

ހޮހަޅައިން އިތުރު ކުއްޖަކު ސަލާމަތްކޮށްފި

ތައިލެންޑްގެ ހޮހަޅައެއްގައި ތާށިވި ކުދިންގެ ތެރެއިން ފަސްވަނަ ކުއްޖާ މިއަދު ސަލާމަތްކޮށްފިއެވެ. kobadoctor
މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ތައިލެންޑްގެ ހޮހަޅައެއްގައި، ފުޓްބޯޅަ ޓީމެއް 12 ކުދިންނާއި އެ ކުދިންގެ ކޯޗު ވަނީ ތާށިވެފައެވެ.

އެ ކުދިންނާއި ކޯޗު ސަލާމަތްކުރުމުގެ އޮޕަރޭޝަން އިއްޔެ ރަސްމީކޮށް ފަށާފައިވާއިރު އިއްޔެ ވަނީ ހަތަރު ކުއްޖަކު ވަނީ ސަލާމަތްކޮށްފައެވެ. އެ އޮޕަރޭޝަން ރޭ ހުއްޓާލުމަށްފަހު އަލުން މިއަދު ވަނީ ފަށާފައެވެ.

މިއަދު ހެނދުނު ތައިލެންޑް ގަޑިން 10:30 (ރާއްޖޭ ގަޑިން 8:30) ގައި އޮޕަރޭޝަން ފަށާފައިވާއިރު ފުރަތަމަ ކުއްޖާ ސަލާމަތްކޮށް ހޮހަޅައިން ނެރެފައިވަނީ ތައިލެންޑް ގަޑިން ހަވީރު 4:30 (ރާއްޖޭ ގަޑިން މެންދުރު 2:30) ހާއިރުއެވެ.

ތައިލެންޑްގެ ހޮހަޅައެއް ބަލާލުމަށް އެ 12 ކުދިންނާއި އެ ކުދިންގެ ކޯޗު ވަދެ އުޅެނިކޮށް މޫސުން ގޯސްވެ ވާރޭ ވެހި ހޮޅަައިގައި ވަނީ ފެންބޮޑުވެފައެވެ. އެއާއެކު އެކުދިންނާއި ކޯޗު ވަނީ ހޮހަޅައިގައި ތާށިވެފައެވެ. އެކުދިން ސަލާމަތްކުރުމަށް ޑައިވަރުން މަސައްކަތްކުރާއިރު އެއީ ނުރައްކާތެރި އޮޕަރޭޝަނެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ހިޔާލު

Thaveed

މި ނޫސް ކިޔަން ވަރަށް އުނދަގޫ ... ޕްލީ ފޮންޓް ސައިޒް ތަންކޮޅެއް ބޮޑު ކޮއްލަބަލަ.