Spain Ge Gaumee Team Ge Coach Kamah Luiz Enrique
image
0 ކޮމެންޓް
 

ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗުކަމަށް ލުއިސް އެންރީކޭ

ސްޕެއިންގެ ގައުމީ ޓީމުގެ ހުސްވެފައިވާ ކޯޗުގެ މަގާމަށް ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ ހަމަޖައްސައިފި އެވެ. muni
ސްޕެއިންގެ ފުޓްބޯޅަ އިދާރާއިން ލުއިޒް އެންރީކޭ މަގާމާއި ހަވާލުވިކަން ރަސްމީ ގޮތުން އިއުލާން ކުރީ މިއަދު އެވެ. ލުއިސް އެންރީކޭ ސްޕެއިންގެ ކޯޗުގެ މަގާމާ ހަވާލުވީ 2 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ވޯލްޑް ކަޕަށް ކުޑަތަންވެފައިވަނިކޮށް ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗު ރިއާލް މެޑްރިޑުގެ ކޯޗު ކަމާ ހަވާލުވާން ނިންމާ އެކަން އިއުލާން ކުރުމާއެކު އޭނާ ވަނީ މަގާމުން ވަކިކޮށްފައެވެ. އަދި ޓީމާއިގެން ވޯލްޑް ކަޕަށް ނިކުތީ ޓެކްނިކަލް ޑިރެކްޓްރ ފަރްނަންޑޯ ހިއޭރޯ އެވެ. ނަމަވެސް ހިއޭރޯގެ އިރުޝާދުގެ ދަށުން ސްޕެއިން ވަނީ ވޯލްޑް ކަޕުގެ ދެވަނަ ބުރުން ޖާގައެއް ހޯދުމަށް ނުކުޅެދި މުބާރާތުން ކަޓާފައެވެ. ސްޕެއިން މުބާރާތުން ކެޓުމާއެކު ހިއޭރޯ ވަނީ މަގާމުން އިސްތިއުފާ ދީފައެވެ.

އަލަށް ސްޕެއިންގެ ގައުމީ ޓީމާއި ހަވާލުވި އުމުރުން 48 އަހަރުގެ ލުއިސް އެންރީކޭ ވަނީ ބާސެލޯނާއެކު ފާހަނގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. އެންރީކޭ ވަނީ ބާސާއަށް ދެ ފަހަރުގެ ސްޕެނިޝް ލަލީގާއާއި 2015ގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ.
ހިޔާލު