Buffon France Ge PSG aa Gulhijje
image
0 ކޮމެންޓް
 

ބުފޮން ފްރާންސްގެ ޕީއެސްޖީއާ ގުޅިއްޖެ

ޔުވެންޓަސްގެ ތަޖުރިބާކާރުގެ ކީޕަރ ބުފޯން ފްރާންސްގެ ޕެރިސް ސެއިން ޖަމައިން (ޕީއެސްޖީ)އަށް ބަދަލުވެއްޖެ އެވެ. muni
މިިދިޔަ ސީޒަނަށްފަހު ހިލޭ ޓްރާންސްފާއެއްގައި ޔުވެންޓަސް ދޫކޮށްލި ބުފޯން ޕީއެސްޖީގެ ކުޅުންތެރިއެއްގެ ގޮތުގައި އެކްލަބުން ދައްކާލާފައިވަނީ މިއަދު އެވެ. ޔުވެންޓަސް ދޫކޮށްލާނެކަން ބުފޯން ހާމަކުރުމާއެކު އޭނާ ޕީއެސްޖީއާ ގުޅެން އުޅޭކަމުގެ ވާހަކަތައް ވަނީ ފެންމަތިވެފައެވެ.

ޕީއެސްޖީއާއި ގުޅުމަށްފަހު ބުފޯން މިއަދު ފްރާންސްއަށް ދިއުމުން އެކްލަބުން ވަނީ އޭނާއަށް މަރުހަބާ ކިޔުމަށް ހާއްސަ މޮޓޯކޭޑެއް ބާއްވާފައެވެ. އޭނާއަށް މަރުހަބާ ކިޔުމަށް ފްރާންސްގެ މަގުތަކަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ނިކުމެފައެވެ.

އިޓަލީގެ 40 އަހަރުގެ ބުފޯން ޕީއެސްޖީއާ ގުޅިފައިވަނީ ހިލޭ އެޖެންޓެއްގެ ގޮތުގައެވެ. އޭނާ އެކްލަބަށް ސޮއި ކުރުމަށްފަހު ނޫސްވެރިންވާ ވާހަކަ ދައްކަމުން ބުނީ އޭނާ އަކީ 40 އަހަރުގެ ކުޅުންތެރިއަކަށް ވިޔަސް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އޭނާ އަދި ވެސް ހުރީ ވަރަށް ފިޓުކޮށް ކަމަށެވެ.

ޔުވެންޓަސް އަދި އިޓަލީގެ ގައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރުގެ ގޮތުގައި ގިނަ އަހަރުތަކަކަށްފަހު ޕީއެސްޖީއަށް ބުފޯން ބަދަލުވެފައިވާއިރު އޭނާ ވަނީ ދާދިފަހުން އިޓަލީގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައެވެ.
ހިޔާލު