Barcelona Aaeku Kamiyaabu Season Akahfahu Paulinho Enburi China League Ah
image
0 ކޮމެންޓް
 

ބާސެލޯނާއެކު ކާމިޔާބު ސީޒަނަކަށްފަހު ޕޯލީނިއޯ އެނބުރި ޗައިނާ ލީގަށް

ސްޕެއިންގެ ބާސެލޯނާއެކު ކާމިޔާބު ސީޒަނަކަށްފަހު އެކްލަބާއި މިދިޔަ ޓްރާންސްފާގައި ގުޅުނު ޕޯލީނިއޯ އެނބުރި އޭނާގެ ކުރީގެ ކްލަބު ގައަންޒޫ އެވަގްރެންޑޭ އަށް ބަދަލުވެއްޖެ އެވެ. muni
ބާސެލޯނާއާ ގުޅުނުތާ އެންމެ ސީޒަނަކަށްފަހު ގްއަންޒޫއާ އަލުން ޕޯލީނިއޯ ގުޅުނީ 44 މިލިއަން ޕައުންޑުގެ އެއްބަސްވުމެއްގެ ދަށުންނެވެ. މިދިޔަ ސީޒަނުގައި ބާސެލޯނާއަށް ލީގު ތަށި ކާމިޔާބުކޮށްދިނުމުގައި މުހިންމު ރޯލެއް އަދާ ކުރި ޕޯލީނިއޯ ވަނީ އެޓީމަށް 9 ލަނޑު ޖަހައިދީފައެވެ. މީގެ އިތުރުން ބްރެޒިލްއާއެކު ވޯލްޑް ކަޕުގައި ވެސް އޭނާ ކުޅެފައިވާއިރު އޭނާ ވަނީ މިފަހަރުގެ ވޯލްޑް ކަޕުގައި ލަނޑެއް ވެސް ކާމިޔާބުކޮށްފައެވެ.

މީގެ ކުރިން އިނގިރޭސި ކްލަބު ޓޮޓެންހަމުން ފެނިގެންދިޔަ ޕޯލީނިއޯ އެންމެ ފުރަތަމަ ޗައިނާގެ ގްއަންޒޫއާ ގުޅުނީ 2015 ވަނަ އަހަރު އެވެ. އޭނާ 2017 ވަނަ އަހަރު ބާސެލޯނާއަށް ބަދަލުވީ ގްއަންޒޫގައި އަށް 63 މެޗު ކުޅެދިނުމަށްފަހު އެވެ.

އުމުރުން 29 އަހަރުގެ ޕޯލީނިއޯ ބާސެލޯނާ އާއި ބްރެޒިލްގެ ގައުމީ ޓީމާއެކު ރަނގަޅު ކުޅުމެއް ދައްކަމުން ދިޔަ މި ދަނޑިވަޅުގައި ކުއްލި ގޮތަކަށް އޭނާ ޗައިނާ ލީގަށް ބަދަލުވެފައިވުމާއެކު ފެންމަތިވެފައިވާ ރިޕޯޓްތައް ބުނާ ގޮތުގައި ގްއަންޒޫއިން އޭނާ ގެންދިޔައީ ވަރަށް ބޮޑު މުސާރައެއް ލިބޭ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް އޭނާއަށް ގްއަންޒޫއިން ދޭ މުސާރަ މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ހިޔާލު