Hohalhaigai Bakee Thibi Kudhinnai Coach Salaamaikuran Tha'yaaruvehje
image
ހޮހަޅައިގައި ތާށިވެފައި ތިބި ކުދިން ސަލާމަތްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން
0 ކޮމެންޓް
 

ހޮހަޅައިގައި ބާކީ ތިބި ކުދިންނާއި ކޯޗު ސަލާމަތްކުރަން ތައްޔާރުވެއްޖެ

ތައިލެންޑްގެ ހޮހަޅައެއްގައި ތާށިވެފައި ތިބި ހަތަރު ކުދިންނާއި އެ ކުދިންގެ ކޯޗު ސަލާމަތްކުރުމުގެ އޮޕަރޭޝަން ފަށަން ތައްޔާރުވެއްޖެއެވެ. muni
މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު، ތައިލެންޑްގެ ހޮހަޅައެއްގައި ތާށިވި 12 ކުދިންނާއި އެ ކުދިންގެ ކޯޗު ސަލާމަތްކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަންގައި މިމަހުގެ އަށްވަނަ ދުވަހު ހަތަރު ކުދިން ސަލާމަތްކޮށްފައިވާއިރު ނުވަ ވަނަ ދުވަހު ހަތަރު ކުދިން ވަނީ ސަލާމަތްކޮށްފައެވެ. މިހާރު ހޮހަޅައިގައި ބާކީ ތިބީ ހަތަރު ކުދިންނާއި އެ ކުދިންގެ ކޯޗެެވެ.

އޮޕަރޭޝަންގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނާ ގޮތުގައި އެ އޮޕަރޭޝަނަކީ އުނދަގޫ އަދި ނުރައްކާތެރި އޮޕަރޭޝަނެކެވެ. ސަބަބަކީ ވާރޭ ވެހުމުގެ ސަބަބުން ހޮހަޅައިގައި ފެން ބޮޑުވެފައިވުމުގެ ސަބަބުން ޑައިވްކޮށްގެން އެ ކުދިންނާއި ކޯޗު އެ ހޮހަޅައިން ސަލާމަތް ކުރުމެވެ. އެ ކުދިންނަށް ފަތަން ނޭނގޭއިރު ހޮހަޅައިގެ ބައެއް ޖާގަތަކަކީ ވަރަށް ހަނި ޖާގަތަކަކަށްވުމުންވެސް އޮޕަރޭޝަންގެ ނުރައްކާތެރިކަން ވަނީ އިތުރުވެފައެވެ.

އެ ކުދިންނާއި ކޯޗު ހޮހަޅައިގައި ތާށިވީ، ހޮހަޅަ ބަލާލުމަށް ވަދެ އުޅެނިކޮށް، މޫސުން ގޯސްވެ ވާރޭވެހި ހޮހަޅައިގައި ފެންބޮޑުވެ ހޮހަޅައިން ނުކުމެވޭނެ ގޮތް ނުވުމުންނެވެ.

އާދިއްތަ ދުވަހާއި ހޯމަ ދުވަހު ސަލާމަތްކުރި ކުދިންގެ ހާލު ރަނގަޅު ކަމަށް ތައިލެންޑްގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ހިޔާލު