America aai China ge Fiyavalhaa Eku 1300 Mudhaluge Agu Boduvehje
image
އެމެރިކާގެ ރައީސް އާއި ޗައިނާގެ ރައީސް ބައިވެރިވެވަޑައިގަންނަވާ ބައްދަލުކުރެއްވުމެއް
0 ކޮމެންޓް
 

އެމެރިކާ އާއި ޗައިނާގެ ފިޔަވަޅާއެކު 1300 މުދަލުގެ އަގު ބޮޑުވެއްޖެ

އެމެރިކާ އާއި ޗައިނާއިން އެއް ގައުމުން އަނެއް ގައުމުގެ އިމްޕޯޓް މުދަލުގެ ޑިއުޓީއަށް ގެނައި ބަދަލާއެކު 1300 އެއްހާ މުދަލުގެ އަގު ބޮޑުވެއްޖެއެވެ. dhi2
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޗައިނާއިން އެމެރިކާއަށް އިމްޕޯޓްކުރާ ގާތްގަނޑަކަށް 34 ބިލިއަން ޑޮލަރުގެ މުދަލުން މިދިޔަ ހުކުރު ދުވަހުން ފެށިގެން ޑިއުޓީ ނަގަން ފަށާފައެވެ.

އެއާއެކު ޗައިނާއިންވެސް ވަނި އެމެރިކާއިން އެޅި ފިޔަވަޅާއި އެއްވަރުގެ ފިޔަވަޅެއް އަޅައި އެމެރިކާއިން ޗައިނާއަށް އިމްޕޯޓްކުރާ މުދަލުން ޑިއުޓީ ނަގަން ފަށާފައެވެ.

އެމެރިކާގެ އުފެއްދުންތަކުގެ ތެރެއިން ޗައިނާއިން ޑިއުޓީ ނަގަން ފެށި ބައެއް އުފެއްދުންތަކުގެ ތެރޭގައި ފްރޯޒެން ބީފް، ފްރޯޒަން ޗިކަން ނަގެޓްސް، އަލުވި، އާފަލު، ޔޯގަޓް، ބަޓަރު އަދި އެއްގަމު ވެހިކަލް ހިމެނެއެވެ.

ޗައިނާގެ އުފެއްދުންތަކުގެ ތެރެއިން އެމެރިކާއިން ޑިއުޓީ ނަގަން ފެށި ބައެއް އުފެއްދުންތަކުގެ ތެރޭގައި އެއްގަމު ވެހިކަލްގެ ބައިތަކާއި، ހެލިކޮޕްޓަރާއި ފެރީ ބޯޓު ހިމެނެއެވެ. އޭގެ އިތުރުން ސިއްހީ ދާއިރާގައި ބޭނުންކުރާ ބައެއް އާލާތްތައްވެސް ހިމެނެެއެވެ.
ހިޔާލު