Hohalhain 10 vana Kujjaa Salaamai Kohfi
image
ހޮހަޅައިން ކުދިން ފެން ހިންދުމުގެ މަސައްކަތް ކުރިއަށްދަނީ
0 ކޮމެންޓް
 

ހޮހަޅައިން 10 ވަނަ ކުއްޖާ ސަލާމަތްކޮށްފި

ތައިލެންޑްގެ ހޮހަޅައެއްގައި ތާށިވި ކުދިންގެ ތެރެއިން 10 ވަނަ ކުއްޖާ މިއަދު ސަލާމަތްކޮށްފިއެވެ. dhi2
ބައިނަލްއަގްވާމީ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި 10 ވަނަ ކުއްޖާ ސަލާމަތްކޮށްފައިވަނީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ. ނަމަވެސް އެކަން ތައިލެންޑްގެ ކަމާބެހޭ ވުޒާރާތަކުން ކަށަވަރެއް ކޮށެއް ނުދެއެވެ.

ޖޫން މަހުގެ 23 ވަނަ ދުވަހު ހޮހަޅަ ބަލާލުމަށް ވަދެ އުޅެނިކޮށް ފުޓްބޯޅަ ޓީމެއްގެ 12 ކުދިންނާއި އެ ކުދިންގެ ކޯޗު ވަނީ ހޮހަޅައިން ނުނިކުމެވި ތާށިވެފައެވެ. އެމީހުން ހޮހަޅައިގައި ތާށިވީ ވާރޭ ވެހި ފެންބޮޑުވެ، ހޮހަޅައިން ނުނިކުމެވުމުގެ ސަބަބުންނެވެ.

ހޮހަޅައިގައި ތިބި ކުދިން ހޯދުމުގެ މަސައްކަތް ޑައިވަރުން ކުރަމުން ދަނިކޮށް އެ ކުދިން ފެނުނީ ގެއްލުނުތާ ނުވަ ދުވަސް ފަހުންނެވެ.

ހޮހަޅައިގައި ފެން ބޮޑުވެފައި ހުރުމުން އެ ކުދިންނާއި ކޯޗު ނެރުމުގެ މަަސައްކަތް ކުރަމުން ދަނީ ޑައިވްކޮށްގެންނެވެ.

ހޮހަޅައިން އިއްޔެ ހަތަރު ކުދިން ސަލާމަތްކޮށްފައިވާއިރު އޭގެ ކުރީ ދުވަހު ވަނީ ހަތަރު ކުދިން ސަލާމަތްކޮށްފައެވެ.
ހިޔާލު