Arjun Aa Eku Katrina Ekugai Masaikaiy Kuran Beynun Nuvanee Mihenve
image
ކެޓްރީނާ އާއި އަރްޖުން--
0 ކޮމެންޓް
 

އަރްޖުން އާ އެކު ކެޓްރީނާ މަސައްކަތް ކުރަން ބޭނުންނުވަނީ މިހެންވެ

ބޮލީވުޑްގެ މަޝްހޫރު ބަތަލު އަރްޖުން ކަޕޫރު އާއެކު މަޝްހޫރު ބަތަލާ ކެޓްރީނާ ކައިފް ލޯބީގެ ރޯލުތައް ކުޅެން ބޭނުންނުވާކަމަށް ހަބަރުތައް ބުނެފިއެވެ. Dhiraagu
އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ކެޓްރީނާ ދެކެނީ އަރްޖުން އަކީ އޭނާގެ ބޭބެއެއްގެ ގޮތުގައެވެ. އަދި އަރްޖުން ކެޓްރީނާއަކީ އޭނާގެ ކޮއްކޮއެއް ފަދައިން ދެކޭތީ އެމީހުން އެކުގައި ފިލްމުތަކުގައި އިޝްގީ މަންޒަރުތައް ކުޅެން ބޭނުންނުވާކަމަށް ހަބަރުތައް ބުނެއެވެ.

ކިތަންމެ މޮޅު ސްކްރިޕްޓެއް ލިބުނު ނަމަވެސް އިޝްގީ ފިލްމުތަކުގައި ދެ ފަންނާނުން އެކަކު އަނެކަކާއެކު މަސައްކަތްކުރަން ބޭނުންނުވާއިރު ފިލްމެއްގައި ދެމީހުން އެކުގައި މަސައްކަތްކުރާނަމަ ފެންނާނީ އެއްބަނޑު އެއްބަފާ ދެމީހުންގެ ރޯލުންކަަމަށްވެސް ބައެއް ފަރާތްތަކާއި ހަވާލާދީ އިންޑިއާގެ ނޫސްތަކުގައި ބުނެއެވެ.

ދޭހާސް ބާރަ ވަނަ އަހަރު ބޮލީވުޑަށް އަރުޖުން ނިކުމެފައިވާއިރު މިހާތަނަށް ކެޓްރީނާއާއެކު އަރްޖުން އެއްވެސް ފިލްމެއްގައި މަސައްކަތް ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ދެމީހުން އެކުގައި ގިނަ ހަފްލާތަކެއްގައި ބައިވެރިވެފައިވެއެވެ. އަދި ސޯޝަލް މީޑިއާގައި ކެޓްރީނާ ހިއްސާކުރާ ފޮޓޯތަކަށް އަރްޖުން ކޮމެންޓްކުރަމުން އަންނައިރު ކެޓްރީނާވެސް އަރުޖުންގެ ފޮޓޯތަކަށް ކޮމެންޓްކޮށް ހަދައެވެ.

ބޮލީވުޑްގެ ފިލްމުތަކުގައި އެކްޓްކުރުމުގެ ކުރިން އެސިސްޓެންޓް ޑައިރެކްޓަރެއްގެގޮތުގަ އާއި އެސޯސިއޭޓް ޕްރޮޑިއުސަރެއްގެ ގޮތުގައި ގިނަ ފިލްމުތަކެއްގައި އަރުޖުން މަސައްކަތްކޮށްފައިވާއިރު އޭނާވަނީ ކަލް ހޯ ނަ ހޯ އާއި ވޯންޓެޑް ފަދަ މަޝްހޫރު ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައެވެ.

އުމުރުން 34 އަހަރުގެ ކެޓްރީނާ ބޮލީވުޑަށް ތައާރަފުކޮށްފައިވަނީ ސަލްމާން ހާނެވެ. މޮޑެލްއެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ކެޓްރީނާ ގިނަ އަދަދެއްގެ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާއިރު އޭގެތެރެއިން ގިނަ ފިލްމުތަކަށް ވަނީ ބޮޑު ކާމިޔާބީއެއްވެސް ލިބިގެންގޮސްފައެވެ.
ހިޔާލު