Taarak Mehta Ka Ooltah Chashma ge Castun Adhivx Thibi Shockehga
image
"ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ'ގެ ކާސްޓުން އަދިވެސް ތިބީ ޝޮކެއްގަ--
1 ކޮމެންޓް
 

"ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ"ގެ ކާސްޓުން އަދިވެސް ތިބީ ޝޮކެއްގައި

މަޝްހޫރު ޓީވީ ސީރީޒެއް ކަމަށްވާ "ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ' ގެ ބަތަލު ކަވީ ކުމާރު އަޒާދު (ޑރ.ހާތީ)ގެ ކުއްލިގޮތަކަށް އިއްޔެ މަރާ ގުޅިގެން އެސީރީޒްގެ ކާސްޓުން އަދިވެސް ތިބީ ޝޮކެއްގައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ. Dhiraagu
ޓައިމްސް އޮފް އިންޑިއާ އާ ވާހަކަ ދައްކަމުން އެސީރީޒްގެ ލީޑު އެކްޓަރެއްގެ ގޮތުގައި އުޅޭ ދިޝާ ވަކާނީ ( ދަޔާބެހެން) ބުނިީ އޭނާ އަށް އަދިވެސް އެކަމެއް ގަބޫލުނުކުރެވޭކަމަށާއި އެމަރާ ގުޅިގެން އުފެދިފައިވާ ނުތަވަސްކަމުން އަދިވެސް އަރައިނުގަނެވޭކަމަށެވެ.

އޭގެ އިތުރުން ދިލިޕް ޖޯޝީ (ޖޭޓާލާލް) ވެސް ވަނީ ކަވީ އާބެހޭ ގޮތުން އެނޫހަށް އިންޓަވިއު ދީފައެވެ. އޭނާ ބުނީ އޭނާއަށް އެހަަބަރު ލިބުނީ އޭނާ މަސައްކަތެއް ކުރުމަށް ލަންޑަނަށް ގޮސްއުޅެނިކޮށްކަމަށާއި އޭނާ އަށް އެހަބަރު ލިބުމުން ގަބޫލުނުކުރެވުންކަމަށެވެ. އަދި ދެމީހުންގެ ފަހު ބައްދަލުވުން އަބަދުވެސް ހަނދާން ހުންނާނެކަމަށާއި އޭނާ މަތިން ވަރަށް ހަނދާން ވާނެކަމަށެވެ.

ކަވީ މަރުވެފައިވަނީ ހިތުން ލޭ ޕަންޕުވުން ހުއްޓިގެން އިއްޔެ ހެނދުނެއްގެ ވަގުތެއްގައެވެ. ތާރަކް މެހެތާ ޓީމުން ވަނީ ކަވީގެ ކުއްލި މަރާ ގުޅިގެން އިއްޔެ ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޝޫޓިން ވެސް ކެންސަލްކޮށްލާފައެވެ. ކަވީ ވަނީ މީގެކުރިން ބޮލީވުޑްގެ އެކްޓަރު ސަލްމާނު ހާން، އާމިރް ހާން އަދި ރިތިކާ ރޯޝަން އާއެކު ވެސް ވަނީ މަސައްކަތް ކޮށްފައެވެ.
ހިޔާލު

ާާލައިޝާ

ބޮލީވުޑްގަ މަސައްކަތްކުރި ފިލްމް ތަކުގެ ނަންތައް ޖަހާލިނަމަ