Ibu ah dheyn ulhunu hamala, JP aai adhaalth in ves kuhveri koffi
image
އިބޫއާއި އިދިކޮޅު ޓީމުން މިއަދު ހުޅުމާލޭގައި
0 ކޮމެންޓް
 

އިބޫއަށް ދޭން އުޅުނު ހަމަލާ ޖޭޕީއާއި ޢަދާލަތުންވެސް ކުށްވެރިކޮށްފި

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މިހައްމަދު ޞާލިހް، އިބޫއަށް މިއަދު ހުޅުމާލޭގައި ބަޔަކު ހަމަލާދޭން އުޅުނު އުޅުން އިދިކޮޅު ކޯލިޝަންގެ ޖުމްހޫރީ ޕާޓީއާއި، ޢަދާލަތު ޕާޓީންވެސް ކުށްވެރިކޮށްފިއެވެ.
ޖުމްހޫރީ ޕާޓީން ބުނީ އިބޫއަށް ދޭންއުޅުނު ފިނޑި ހަމަލާ އެޕާޓީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމުގައެވެ.
ﷲ އިރާދަ ކުރެއްވިއްޔާ ދިވެހި ރައްޔިތުން އިބޫ އިންތިހާބު ކުރާނީ އެއްބުރުން ކަމަށާއި، އިބޫއަށް ސެކިއުރިޓީ ހަމަޖައްސައި ދިނުމަށް ފުލުހުންނަށާއި ސިފައިންނަށް ގޮވާލާކަމަށްވެސް ޖޭޕީން ބުނެފައި ވެއެވެ.

ޢަދާލަތު ޕާޓީންވެސްވަނީ ހުޅުމާލޭގައި މިއަދު އިބޫއަސް ދޭންއުޅުނު ހަމަލާ ކުށްވެރި ކޮށްފައެވެ.
އިބޫއަސް ދޭން އުޅުނު ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ޢަދާލަތުންވަނީ ހުރިހާ ޕާޓީ ތަކަކަށްވެސް ހަމަހަމަ ހިމާޔަތް ފޯރުކޮށްދިނުމަށް ފުލުހުންނަށާއި ސިފައިންނަށް ގޮވާލާފައެވެ.

އިބޫއަށް ހަމަލާދޭން އުޅުނު މައްސަލާގައި މިއަދު އެމްޑީޕީން ނެރުނު ބަޔާނެއްގައިވަނީ އެ ހަމަލާދިނުމަށް މަސައްކަތްކުރީ ސަރުކާރުން ވާގިވެރިވެގެން ކަމަށް ތުހުމަތު ކޮށްފައެވެ.

ހިޔާލު