Bhaiaji Superhit October ga Nerenee
image
'ބައްޔާޖީ ސުޕާހިޓް' އޮކްޓޯބަރުގައި ނިކުންނަނީ--
0 ކޮމެންޓް
 

"ބައްޔާޖީ ސުޕާހިޓް" އޮކްޓޯބަރުގައި ނެރެނީ

އެކްޝަން ކޮމެޑީ ފިލްމު "ބައްޔާޖީ ސުޕާހިޓް" މިއަހަރު އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ނެރުމަށް ހަމަޖެހިއްޖެއެވެ. Dhiraagu
ނީރަޖް ޕާޓަކް ޑައިރެކްޓުކުރާ އެފިލްމަކީ ސަނީ ޑިއޯލް ފުރަތަމަ ފަހަރަށް ޑަބަލް ރޯލުން ފެނިގެންދާ ފިލްމެވެ. އެފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ސަނީ ބުނީ އެފިލްމުގައި ޑަބަލް ރޯލް ކުޅެން ފުރުސަތު ލިބުމުން އޭނާ ވަރަށް އުފާވާ ކަމަށާއި އެފިލްމުގައި އޭނާ ދައްކުވައިދެނީ މީގެ ކުރިން ކުޅެފައި ނުވާ ކަހަލަ މުޅިން އާ ރޯލެއް ކަމަށެވެ.

އެފިލްމުގައި ސަނީ ގެ އިތުރުން ޕްރިތީ ޒިންދާ، އަރްޝަދް ވާސީ، ޝްރިއާސް ތަލްޕަޑޭ، އަމީޝާ ވެސް ފެނިގެންދާނެއެވެ. ޕްރިތީ ފިލްމަކުން ފެނިގެން އެދަނީ ފަސް އަހަރު ފަހުންނެވެ.

އެފިލްމު މީގެ ކުރިން ނެރުމަށް ހަމަޖެހިފައި ވަނީ ސެޕްޓެންބަރު މަހުގައެވެ. ނަމަވެސް ތަފާތު ސަބަބު ތަކާހެދި އެފިލްމް ނެރުމަށް ހަމަޖެހިފައިވާ ތާރީހު މިވަނީ ލަސްކޮށްފައެވެ.
ހިޔާލު