Rape ge Thuhumathu Kuri Mithun ge Dharifulhu Kaivenikohfi
image
މަހާކްޝޭ ޗަކްރަބަތީ--
0 ކޮމެންޓް
 

ރޭޕްގެ ތުހުމަތުކުރި މިތުންގެ ދަރިފުޅު ކައިވެނިކޮށްފި

ރޭޕްގެ ތުހުމަތުކުރެވިފައިވާ ބޮލީވުޑްގެ ބަތަލު މިތުން ޗަކްރަބަތީގެ ދަރިފުޅު، މަހާކްޝޭ ޗަކްރަބަތީ އޭނާގެ ލޯބިވެރިޔާ މަޑަލްސާ ޝަރްމާއާ ކައިވެނިކޮށްފިއެވެ. muni
މިތުންގެ އަންހެނުންނާއި އޭނާގެ ދަރިފުޅުގެ މައްޗަށް މިދިޔަ ހަފުތާގެ ތެރޭގައި ރޭޕުގެ މައްސަލައެއް ތުހުމަތުކޮށްފައިވާ އިރު އެެކަމާއި ގުޅިގެން މިމަހުގެ ހަތް ވަނަ ދުވަހަށް ތާވަލުކުރި މަހާކްޝޭގެ ކައިވެނި ކެންސަލްވިކަމުގެ ހަބަރުތައް ފެތުރިގެންދިޔައެވެ. ނަމަވެސް ފަހުން ހަބަރުތައް ފެތުރިގެން ދިޔައީ އެމީހުންގެ ކައިވެނި މަޑުޖައްސާލީ ކަމަށެވެ. އަދި އިއްޔެގެ ވަގުތެއްގައި އެދެމީހުން ކައިވެނިކޮށްފައިވާ ފޮޓޯތައް ސޯޝަލް މީޑިއާއަށް އާއިލާއިން ހިއްސާކުރިއިރު ކައިވެނިކޮށްފައިވަނީ އިންޑިއާގެ ޓައުންއެއްކަމަށްވާ އޫޓީގައެވެ. ކައިވެނީގެ ހަފުލާގައި ދެމީހުންގެ އާއިލާ އާއި ގާތް ރަހުމަތްތެރިން ބައިވެރިވެފައިވެއެވެ.

Together. #mimohkishaadi #📸 #indianwedding

A post shared by Ushmey Chakraborty (@ushmey) on


މަހާކްޝޭގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން ކުއްޖާއަށް އޮޅުވާލައި ރޭޕްކުރިކަމުގެ ތުހުމަތެވެ. އަދި ބޭސްތަކެއްދީ ބަނޑުގައިވާ ދަރިވައްޓާލިކަމުގެ ތުހުމަތެވެ. އެމައްސަލަ ބެލުމަށް ފުލުހުންގެ މައްޗަށް ދިއްލީ ހައިކޯޓުން އަމުރުކޮށްފައިވާއިރު މިތުންގެ އަންހެނުން ޔޮގީތާބާލީގެ މައްޗަށް ތުހުމަތު ކުރަނީ ބަތަލާ އެބޯޝަން ހެއްދުމަށް ބިރުދެއްކި ކަމުގެ މައްސަލައެކެވެ.

އަންހެން ކުއްޖާ ފުލުހުންނަށް ހުށަހެޅި މައްސަލާގައި ބުނީ މިތުންގެ އަންހެނުންނާއި އޭނާގެ ދަރިފުޅު އޭނާއަށް ތަފާތު ބިރުތައް ދައްކާފައިވާ ކަމަށާއި އޭގެ ނަތީޖާއަކަށްވީ އޭނާ މުމްބާއީ ދޫކޮށް ދިއްލީ އަށް ބަދަލުވާން މަޖުބޫރުވުން ކަމަށެވެ.

މިތުންއަކީ ކުރީގެ މަޝްހޫރު އެކްޓަރެއްގެ އިތުރުން ސިޔާސީ މައިދާނުގައިވެސް ނުފޫޒު ގަދަ މީހެކެވެ. އެގޮތުން އޭނާވަނީ އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ވެސް ކޮށްފައެވެ. އުމުރުން 33 އަހަރުގެ މަހާކްޝޭއަކީ ވެސް ބޮލީވުޑްގައި އަރަމުން އަންނަ ބަތަލެކެވެ.
ހިޔާލު