Masthuvaathakethi Traffic Kuraa Meehunnah Maruge Adhabu Dheyn Ninmaifi
image
ލަންކާ ކެބިނެޓް
3 ކޮމެންޓް
 

މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް މަރުގެ އަދަބު ދޭން ނިންމައިފި

ސްރީލަންކާގައި މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް މަރުގެ އަދަބު ދޭން އެ ގައުމުގެ ކެބިނެޓުގެ އިއްތިފާގުން ނިންމައިފިއެވެ. Dhiraagu
ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ އެކަމާ ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެގައުމުގެ ޖަސްޓިސް އަދި ޕްރިޒަން ރިފޯމްސް މިނިސްޓަރު ތަލަތަ އަތުކޮރަލައަށް އަންގަވާފައެވެ.

މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންނަށް މަރުގެ އަދަބު ދިނުން މިހާރުވެސް ލަސްވެފައިވާ ކަމަށާއި އެކަން ކުރަންވެއްޖެތާ މިހާރު 15 އަހަރު ވެފައިވާ ކަމަށް ބައެއް މިނިސްޓަރުން ވަނީ ފާހަގަކުރައްވާފައެވެ.

ލަންކާގައި މިހާރުވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރެވިފައިވާ ބައެއް މީހުންނަށް މަރުގެ އަދަދު ދޭން ވަނީ ހުކުމްކޮށްފައެވެ.

މަރުގެ އަދަބު ދިނުމުގެ ކުރިން ކުރަންޖެހޭ މަޝްވަރާތަކާއި ބަލަންޖެހޭ ބެލުންތައް ބަލާނެ ކަމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ހިޔާލު

ހަކުރު

މިކަމުން އެންމެ ދެރަވާނީ ދިވެހިންނަށް. ޙަހަހަހަ

ކަލްމޫ

މަސްތުވާ ތަކެއްޗަކީ ކޮބައިތޯ؟ ސިރީލަންކާގައި ބަންގުރާ ވިއްކުމަކީ ހުއްދަ ކަމެއް މުޅިންވެސް ބަންގުރާ ފިހާރަތަށް މުޅި ޤައުމުގައި ތިއޮތީ!

ރައްޔިތުން

ސްރީލަންކާގައި މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް މަރުގެ އަދަބު ދޭން އެ ގައުމުގެ ކެބިނެޓުގެ އިއްތިފާގުން ނިންމައިފި - ކިހާ ސަޅީ އެކަމަކު މުސްލިމް ގިނަ ގައުމުތަކުން އެޔާ ނުލާ ނޫޅެވިގެން އެ އުޅެނީ - ދެވަނަ ފުރުޞަތު އެނޫން ކަމެއް ދެނީ