China ge Ithuru Mudhalun Duty Nagan America inn Ninmaifi
image
އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޗައިނާގެ ރައީސް ޝީ ޖިން ޕިންގް
0 ކޮމެންޓް
 

ޗައިނާގެ އިތުރު މުދަލުން ޑިއުޓީ ނަގަން އެމެރިކާއިން ނިންމައިފި

ޗައިނާގެ އިތުރު އުފެއްދުންތަކަކުން އަނެއްކާވެސް ޑިއުޓީ ނަގަން އެމެރިކާއިން ނިންމައިފިއެވެ. muni
މިދިޔަ ހުކުރު ދުވަހު އެމެރިކާއިން ވަނީ ޗައިނާގައި އުފައްދާ ބައެއް އުފެއްދުންތަކުން ޑިއުޓީ ނަގަން ފަށާފައެވެ. ނަމަވެސް
އެމެރިކާއިން މިހާރު ނިންމާފައިވަނީ ޗައިނާގެ އިތުރު 200 ބިލިއަން ޑޮލަރުގެ މުދަލުން ޑިއުޓީ ނެގުމަށެވެ. އެ ނިންމުމަށް މިއަހަރުގެ ސެޕްޓެމްބަރު މަހާއި ހިސާބުގައި އަމަލުކުރަން ފަށާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާއިން މިމަހުގެ ހަވަނަ ދުވަހު ޗައިނާގެ މުދަލުން ޑިއުޓީ ނަގަން ފަށާފައިވާއިރު އެއީ އަގުގެ ގޮތުން ބަލާނަމަ ގާތްގަނޑަކަށް 34 ބިލިއަން ޑޮލަރުގެ މުދަލެވެ. އެމެރިކާގެ އެ ނިންމުމާއެކު އެ ދުވަހުން ފެށިގެން ޗައިނާއިންވެސް ވަނީ އެމެރިކާގެ ބައެއް މުދަލުން ޑިއުޓީ ނަގަން ފަށާފައެވެ.

އެމެރިކާއިން އަމަލުކުރާ ގޮތަށް ޗައިނާއިންވެސް އަމަލުކޮށް އެމެރިކާގެ އުފެއްދުންތަކުން ޗައިނާއިން ޑިއުޓީ ނަގާނަމަ ޗައިނާގެ އިތުރު 6000 އަށްވުރެ ގިނަ މުދަލުން ޑިއުޓީ ނަގާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ދެއްވާފައެވެ.

ޗައިނާގެ މުދަލުން ޑިއުޓީ ނަގަން ނިންމާ ލިސްޓު އާންމުކޮށް، އެ ލިސްޓަށް އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު އޮގަސްޓް މަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ. އެމެރިކާއިން ވަނީ ޗައިނާގެ މުދަލުން 10 އިންސައްތައިގެ ޑިއުޓީ ނަގަން ހުށަހަޅާފައެވެ.
ހިޔާލު