Dhiraagu ge Aa Prepaid aa Eku Mihaaru Hiley Social Media Data aaeku Ithuru Furihama Kameh
image
0 ކޮމެންޓް
 

ދިރާގުގެ އާ ޕްރީޕެއިޑާއެކު މިހާރު ހިލޭ ޝޯޝަލް މީޑިއާ ޑޭޓާއާއެކު އިތުރު ފުރިހަމަކަމެއް

ދިވެހިރާއްޖޭގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނި، ދިރާގުން އެ ކުންފުނީގެ ޕްރީޕެއިޑް ހިދުމަތަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ. kobadoctor
އަލަށް ތައާރަފުކުރި ދިރާގު ޕްރީޕެއިޑްގައި އެންމެ ކަމުދާ އެއްކަމަކީ އެ ޕްރީޕެއިޑްގައި ހިމެނެނީ ކަސްޓަމަރުންނަށް ފަސޭހަވާނެހެން ހަމައެކަނި އެންމެ ޕްލޭނެކެވެ. އަދި ކަސްޓަމަރުން ބޭނުންވާ ގޮތަށް ގިނަ ޑޭޓާ، ވޮއިސް އަދި އެސް.އެމް.އެސް އެޑްއޮންތައް ބައްލަވައި ގަނެވޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ޕްރީޕެއިޑްގައި ހިމެނޭ އާ ޑޭޓާ އޮޑްއޮންތައް ބައްލަވައިގަތުމުން، ޑޭޓާ އެޑް އޮން ގެ އެލަވަންސް ގެ އިތުރުން ހިލޭ ފޭސްބުކް، ވަޓްސްއަޕް އަދި ވައިބަރ ބޭނުން ކުރުމަށް ސޯޝަލް މީޑިޔާ ޑޭޓާ ވެސް ލިބޭނެއެވެ. އެއިން ކޮންމެ ޑޭޓާ އެޑް އޮންއެއް ބައްލަވައިގަތުމުންވެސް އެ ތިން ސޯޝަލް މީޑިއާ އެޕް ހިލޭ ބޭނުންކުރުމަށް ޑޭޓާ ލިބިގެންދާނެއެވެ."މިއީ ރާއްޖޭގައި އަލަށް ޕްރީޕެއިޑް ޕްލޭން އަކުން މި ފަދަ ހިދުމަމަތެއް ލިބޭ ހަމައެކަނި ޕްލޭން" ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން ދިރާގު އާ ޕްރީޕެއިޑްގައި އެސްއެމްއެސް އެޑްއޮން ގެ އިތުރުން ގިނަ ޓޯކްޓައިމް ލިބޭ އެޑްއޮންތައްވެސް ވަނީ ހިމަނާފައެވެ.

ދިރާގުން އަލަށް ތައާރަފްކުރި ޕްރީޕެއިޑަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ވަރަށް ބޮޑަށް ބަލައިގެން ކަސްޓަމަރުންނަށް ލުއި ފަސޭހަވާނެ ގޮތަށް ފަރުމާކޮށްފައިވާ ހިދުމަތެއް ކަމަށާއި ޑޭޓާ ހުސްވާން ކައިރިވުމުން އެސް އެމް އެސް އަކުން އެކަން ކަސްޓަމަރުންނަށް އަންގައިދެވޭނެ ކަމަށް ދިރާގުން ބުނެއެވެ. ދިރާގު މޯބައިލް އެޕް މެދުވެރިކޮށް ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް ފަސޭހަކަމާއިއެކު އެޑް އޮންތައް ބައްލަވައިގަނެ، ރިލޯޑް ކޮށް، ބެލެންސް ޗެކްކޮށް އަދި ދިރާގު ޕްރީޕެއިޑް ހިދުމަތް މެނޭޖް ކުރެވޭނެއެވެ.

އާ ޕްރީޕެއިޑްގެ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުން ލިބިގެންދާނެ އެ ކުންފުނިން ބުނެއެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ހިދުމަތް ދެވޭނެ ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށެވެ.
ހިޔާލު