Sarukaaru Othee Fail vefai, Geygeah Gos Votah Ahan Nukereyne: Idhikolhu Memberun
image
ގޮނޑި ގެއްލިފައިވާ މެންބަރުން އިބޫއާއި ބައްދަލު ކުރަނީ---
4 ކޮމެންޓް
 

"ސަރުކާރު އޮތީ ފެއިލްވެފައި، ގޭގެއަށް ގޮސް ވޯޓަށް އަހަން ނުކެރޭނެ"

ސަރުކާރު އޮތީ ފެއިލްވެފައި ކަމަށާއި ގޭގެއަށް ވަޑައިގެން ރައީސް އަބްދުﷲ ޔާމީނަށް ވޯޓު ހޯދަން މަސައްކަތް ކުރައްވަން ކެރިވަޑައިނުގަންނަވާނެ ކަމަށް ޕީޕީއެމް ދޫކޮށް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންނެވި މެންބަރުން ވިދާޅުވެއްޖެއެވެ. kobadoctor
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ކަނޑައަޅާފައިވާ 12 މެންބަރުންގެ ތެރެއިން ނުވަ މެންބަރަކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުރިހާ މެންބަރުން ވެސް ވަނީ އިދިކޮޅު ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ސޯލިހު އިބޫއަށް ތާއީދު ކުރައްވާފައެވެ. އަދި އިބޫއަށް އިންތިހާބު ކާމިޔާބު ކޮށްދޭ މަސައްކަތް ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމިތުވަނީ ރިޔާސީ އިންތިހާބާ ސަރުކާރުން ކުރިމަތިލަނީ 60000 ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެފައި ކަމަށާއި އެކަމުގެ ބަދަލު ވޯޓުގައި ސަރުކާރަށް ރައްޔިތުން ދައްކާނެ ކަމަށް ވިދާޅުވެފައެވެ. އަމިތުވަނީ ސްޕްރީމް ކޯޓުގައި މިހާރު ހުރި އިދިކޮޅު މެންބަރުންގެ މައްސަލަތައް އިންސާފުވެރިކަމާއެކު އަވަހަށް ނިންމައި ދިނުމަށް އެދިވަޑައިގެންފައެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިލިގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވީ ސަރުކާރު ބޮޑުތަނުން ފެއިލުވެފައިވާ ކަމަށާއި އިތުރު ބަހަނާތަކެއް ދެއްކެން ސަރުކާރަށް ނެތް ކަމަށެވެ. އިބޫއަކީ ރައްޔިތުންގެ ކެންޑިޑޭޓެއް ކަމަށާއި އިބޫ ހޮވަން ކުރާ މަސައްކަތުގައި ހުރިހާ ރައްޔިތުން ބައިވެރިވުމަށް ސައުދު ގޮވާލެއްވިއެވެ. ސައުދު ވެސް ވަނީ މެންބަރުންގެ މައްސަލަތަކުގައި އަވަހަށް ގޮތެއް ނިންމައި ދިނުމަށް އެދިވަޑައިގެންފައެވެ.

ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ގޮނޑި ގެއްލިފައިވާ ކަމަށް ކަނދައަޅާފައިވާ 12 މެންބަރުންނަށް ވުރެ އިބޫއަށް ކެމްޕޭންކޮށް ދިނުން އައުލާކަން ބޮޑު ބަޔަކު ނެތް ކަމަށެވެ. މުސްތަފާ ވެސް ވަނީ ކުށެއް ނުކުރައްވާ ކަމަށާއި ގޮނޑި ގެއްލެންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވެ ގޮނޑީގެ މައްސަލަ އަވަހަށް ނިންމައި ދިނުމަށް އެދިވަޑައިގެންފައެވެ.

ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ވަނީ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ފާދު ވިދާޅުވެފައެވެ. ލަތީފު ވިދާޅުވީ ރައީސް ޔާމީނަށް ކެމްޕޭނަށް ރައްޔިތުންގެ ގޭގެއަށް ވޯޓު ހޯއްދަވަން ވަޑައިގަންނަވަން ކެރިވަޑައިނުގަންނަވާނެ ކަމަށާއި، އެމަނިކުފާނު ކުރައްވާހާ ވެސް ކަމަކީ ބަޑި ހިފައިގެން ސިފައިންނާއެކު ރަށްރަށަށް އަރާ އަތިރިމަތީގައި ފޭލިގެ ޖަހައިގެން ހުންނެވުމަށްފަހު ރަށުން ފޭބުން ކަމަށެވެ. ލަތީފުވަނީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ރަށްރަށަށް ވަޑައިގެން ރައީސް ޔާމީން ކެމްޕޭން ކުރައްވާ ކަމަށް ވިދާލުވެ އެކަމަށް ފާޑު ވިދާޅުވެފައެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ވިދާޅުވީ ރާއްޖެ އޮތީ ދަތް ތޫނު މިޔަރެއްގެ އަނގަމަތީގައި ކަމަށާއި އެހާލަތުން ރާއްޖެ ސަލާމަތްކޮށްދޭނީ 23 ސެޕްޓެމްބަރުގައި ލާ ވޯޓުން ދިވެހި ރައްޔިތުން ކަމަށެވެ. މުހައްމާ ވިދާޅުވީ އިންތިހާބުގައި އިހަވަންދޫ ދާއިރާއިން ރައީސް ޔާމީނަށް ޖީއެސްޓީއަށް ދައްކާ ވަރު ވެސް ނުދެއްވާނެ ކަމަށެވެ.

ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހުވަނީ ދީނީ އިލުމުވެރިން އިބޫއަށް ތާއީދުކޮށް ދިނުމަށް އެދިވަޑައިގެންފައެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލުމީ ވަނީ އިބޫއަށް ތިނަދޫއިން ބޮޑު މެޖޯރިޓީއެއް ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.
ހިޔާލު

މަލަކުރި

މައުނަވީ ގޮތުން ޔާމީން ހުރިހާ ގެއަކަށް ހިގައްޖެއެވެ. އިބޫ މެން ތި އުޅެނީ އަދި މާ ފަހަތުގަ.

ާާޢާއިޝާ

މީގަ ޖަހަނީ ރީދޫކުލަ ޖެހިފަ ހުންނަ ޚިޔާލު ދޮތަ އެހެން ކުލައެއްގެ ޚިޔާލެއް ނުޖަހާ ކީއްވެ

ބަނާނާ

ދުވަހަކު ޅިއުމެއް ޝާއިއު ނުކުރާނެ އޯކޭ

މިރުސް

ފެއިލްވި މީހުން ވަރަށްއަވަހަށް ފެންނާނެ