Campaign harkaaithakah huras neylhumah HRCM in govalaifi
image
ކެމްޕެއިން ހަރަކާތްތަކަށް ހުރަސް ނޭޅުމަށް އެޗްއާރުސީއެމްއިން ގޮވާލައިފި
0 ކޮމެންޓް
 

ކެމްޕެއިން ހަރަކާތްތަކަށް ހުރަސް ނޭޅުމަށް އެޗްއާރުސީއެމްއިން ގޮވާލައިފި

ރިޔާސީ އިންތިޚާބާ ގުޅިގެން ކެންޕޭނުކޮށް ތާއީދު ހޯދުމަށް ކުރާ މަސައްކަތްތަކަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން އިލްތިމާސް ކޮށްފިއެވެ. Dhiraagu
އިިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހް އިއްޔެ ހުޅުމާލޭގައި ކެމްޕެއިން ހަރަކާތެއްގައި އުޅުއްވަނިކޮށް ބަޔަކު ހުރަސްއަޅާ ހަމަލާދޭން މަސައްކަތް ކޮށްފައި ވަނިކޮށް އެޗްއާރުސީއެމްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބާ ގުޅިގެން ކެންޕޭނުކޮށް ތާއިދު ހޯދުމަށް ކުރާ މަސައްކަތްތަކުގައި ކެންޑިޑޭޓުންނާއި ރަނިންގމޭޓުންނަށް ފުރައްސާރަކޮށް އެފަރާތްތަކުގެ އަބުރުގެއްލޭފަދަ ކަންކަންކުރުމާއި މުޖުތަމަޢުގައި ރުޅިވެރިކަމާއި ފިތުނަފަސާދައުފެދި އާއްމު މަސްލަޙަތު ގެއްލޭ ގޮތަށް ކެމްޕެއިންގެ ހަރަކާތްތައް ނުހިންގުމަށް ސިޔާސީ ޕާޓީތަކަށާއި އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމުގައެވެ.

މީގެ އިތުރުން ތާއީދު ހޯދުމަށް ހިންގާ ހަރަކާތްތަކަކީ އަމާން ކަމާއި އޮމާން ކަމާއެކު ކުރިއަށްގެންދާ ޙަރަކާތްތަކަކަށް ހެދުމަށް ޤާނޫނާއި ގަވާއިދުތަކަށް އިޚްތިރާމް ކުރުމަށް އެންމެހާ ފަރާތްތަކަށް ގޮވާލާކަމަށްވެސް އެޗްއާރުސީއެމްގެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.

ރިޔާސީ އިންތިޚާބާ ގުޅިގެން ކެންޕޭނުކޮށް ތާއީދު ހޯދުމަށް ކުރާ މަސައްކަތްތަކަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން މިއަދު ގޮވާލި އިރު އިބޫއަށް ހަމަލާ ދިނުމަށް އިއްޔެ މަސައްކަތްކުރީ ސަރުކާރުން ވާގިވެރިވެގެން ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީންވަނީ ބުނެފައެވެ.

އިބޫއަށް ހަމަލާދިނުމަށް މަސައްކަތް ކުރުމުގެ އިތުރުން ހުޅުމާލޭގައި ހަރަކާތްތެރިވި އިދިކޮޅު އިއްތިހާދުގެ ކެމްޕެއިން ޓީމަށް ހަމަލާދީ އިއްޔެވަނީ ކަޅުތެޔޮވެސް ޖަހާފައެވެ.
ހިޔާލު