Adducitygai Nurakkaatheri Accidenteh hingai Anhenakah Serious Aniyaathakeh
image
އެކްސިޑެންޓުވި ކާރު---
0 ކޮމެންޓް
 

އައްޑޫސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް، އަންހެނަކަށް ސީރިއަސް އަނިޔާތަކެއް

އައްޑުސިޓީ ހިތަދޫގައި މިއަދު އެކްސިޑެންޓެއް ހިނގައި އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ. dhi2
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހިތަދޫ ހަވީރީ ހިނގުމުގައި ކާރަކާއި ސައިކަލެއް ޖެހި 16:40 ހާއިރު އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ސައިކަލުގައި އިން އުމުރުން 24 އަހަރުގެ އަންހެން މީހާއަށެވެ. އެމީހާގެ ބޮލަށް އަނިޔާވެފައިވާ އިރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި މިހާރުދަނީ ފަރުވާ ދެމުންނެވެ.

އެ އެކްސިޑެންޓުގައި ކާރުގައި ތިބި ދެ މީހުންނަށް މާބޮޑު އަނިޔާއެއް ވެފައެއް ނުވެއެވެ.
ހިޔާލު