Kandumathin fenunu masboat gai thibi meehun male' genesfi
image
ކަނޑުމަތިން ފެނުނު މަސްބޯޓްގައި ތިބި މީހުން މާލެ ގެނެސްފި
0 ކޮމެންޓް
 

ކަނޑުމަތިން ފެނުނު މަސްބޯޓްގައި ތިބި މީހުން މާލެ ގެނެސްފި

ގއ ވިލިނގިލީގެ އިރު އުތުރުން 43 ނޯޓިކަލް މޭލު ބޭރުން ހާލުގައި ޖެހިފައިވަނިކޮށް އިއްޔެ ފެނުނު ސްރީލަންކާގެ މަސްބޯޓްގައި ތިބި މީހުން މިރޭ މާލެ ގެނެސްފިއެވެ. Dhiraagu
އެމްއެންޑީއެފުންބުނީ "ސިންދޫރު- 2" ނަމަކަށް ކިޔާ މަސްބޯޓެއް ފެނިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ ހެނދުނު އެސަރަޙައްދުގައި މަސްވެރިކަން ކުރަން އުޅުނު "ދިރުން" ނަމަކަށް ކިޔާ މަސް ދޯންޏަކުން ކަމުގައެވެ.

އެބޯޓްގައި ޖުމްލަ ހަތް މީހުން ތިބި އިރު އެމީހުން ރޭވަނީ ގދ ތިނަދޫއަށް ގެންގޮސްފައެވެ. އެމްއެންޑީއެފުން މިރޭ ބުނީ ކޯސްޓްގާޑް ނޫރައްދީން ލޯންޗުގައި އެމީހުން މިރޭ 18:30 އެހާއިރު މާލެ ގެނެސްފައިވާ ކަމުގައެވެ.

ބެޓްރީ ފެއިލްވެގެން ހާލުގައި ޖެހުނު އެ މަސްބޯޓުގައި ތިބި މީހުން ސަލާމަތްކޮށްފައި ވީ ނަމަވެސް ހުވަދޫ އަތޮޅާއި ލ. އަތޮޅާ ދޭތެރޭ ހުޅަނގަށް ބޯޓް އޮޔާދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑިއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

ހާއްސަކޮށް ރޭގަނޑު އެ ސަރަހައްދުން ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
ހިޔާލު