Rayyithun nah takai verikan dhookohlumuge hiyyvaru raees yameen ge hunanan jehey
image
ރައްޔިތުންނަށްޓަކައި ވެރިކަން ދޫކޮށްލުމުގެ ހިތްވަރު ރައީސް ޔާމީންގެ ހުންނަޖެހޭ
4 ކޮމެންޓް
 

ރައްޔިތުންނަށްޓަކައި ވެރިކަން ދޫކޮށްލުމުގެ ހިތްވަރު ރައީސް ޔާމީންގެ ހުންނަޖެހޭ

ރައްޔިތުންގެ މަންފާއަށް ޓަކައި ވެރިކަން ދޫކޮށްލުމުގެ ހިތްވަރު ރައީސް އަބްދުﷲ ޔާމީންގެ ހުންނަން ޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. dhi2
ރައީސް ނަޝީދު މިހެން ވިދާޅުވީ ޔޫރަޕިއަން ޔޫނިއަނުން ރާއްޖެއަށް ފިޔަވަޅު އަޅައިފި ނަމަ ރާއްޖެއަށް ގެއްލުންވާނެކަމަށް ވިދާޅުވެ ކުރެއްވި ޓްވިޓެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ އީޔޫއިން އަޅާ ފިޔަވަޅުން ރާއްޖޭގެ ރައްޔިތުންނަށް ނުހަނު ގެއްލުން ވާނެ ކަމުގައެވެ. އަދި އެކަން ރައީސް ޔާމީނަށްވެސް އެނގިވަޑައިގަންނަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާއި ރައީސް ޔާމީނަށްވުރެ ޤައުމު މާ މުހިއްމު ކަމުގައެވެ.

"މަނިކުފާނާއި އަޅުގަނޑަށް ވުރެ ރާއްޖެ މާ މުހިއްމު ވާނެ، ވެރިކަމުގެ ލައްޒަތާއި އަރާމަކީ ހުރިހާ އެއްޗެއް ނޫން، ރައްޔިތުންނަށް ޓަކައި ވެރިކަން ދޫކޮށްލުމުގެ ހިތްވަރު މަނިކުފާނުގެ ކިބާގައިވެސް ހުންނަންވެނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.

އިއްތިހާދަކުން ނަމަވެސް އަދި އަވައްޓެރި ގައުމަކުން ނަމަވެސް ރާއްޖެއާއި މެދު ފިޔަވަޅު އަޅައިފި ނަމަ އެކަމެއްގެ އުނދަގޫ އެންމެންނަށް ކުރިމަތިވާނެ ކަމަށް ރައީސް ޔާމީންވެސްވަނީ ވިދާޅުވެފައެވެ.

ހިޔާލު

އަލީ

މިސޮރު ވެރިކަމަ ކުރިމަތި ނުލެވިނީ ކުއްވެރި ޔަކަ ވީމަ ކަން ރަތްޔަތުންނަ އިނގޭނެ އަދިވެސް ނޭނުން ވަނީ ކުރިމަތިލާން ރައީސް ޔާމިނު އިތުރު ފަސްއަހަރު ވެރިކަން ކުރުމައް ފަހު އެކަން ދޫކޮއް އެހެން މީހަކާ ހަވާލު ކުރާނެ ތިސޮރު ތިއުޅޭހެން ބޮލުރޮދިކެނޑިގެން ނެ ނޫޅޭނެ ގޮތެހުންނާނެ ..

އަހުމަދުބެ

ޔާމީނަކީ ބަވަނަ ދުނިޔޭގައި ވެރިކަންކުރަން ދަންނަ މީހެއްނޫން. ޔާމީން އިސްތިއުފާ..

ހައްޖަ

ވެރިކަމައް އަރަނީ މީހަކު ބާރައް ނޭވާލާއިރައް ގައިގައި ދުރުކިޔާފަ ފިލަންދުވަންތަ އަންނި ތީ ބޮޑު ފިނޑި އެއް ޔާމީނަކީ ފުރިހަ ވެރިއެއް

މޮޔަސޮރު

ކަލޯ ތިކަހަލަ ގަމާރެއްނޫނެ ރައިސް ޔާމީނަކީ ކަލޭ ވެއްޖެޔާ ރައްޔިތުން އެއްލާ ލާފަހިގާތާނެ ތިޔައަށްވުރެ ގަޑު ހުރި ރައީސް އެއްއެއީ.