Faris ah kuri hukum isthiunaf ah husha'halhaifi
image
ފާރިސްއަށް ކުރި ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި
1 ކޮމެންޓް
 

ފާރިސްއަށް ކުރި ހުކުމް އިސްތިއުނާފަށް ހުށަހަޅައިފި

ޕީޕީއެމްގެ ލޯގޯ ބޭނުންކުރި ކަމަށްބުނެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ އެއް މުއައްސިސް އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓްގައި އިސްތިއުނާފް ކޮށްފިއެވެ. muni
ޕީޕީއެމްގެ ދިޔަ ބޭނުންކުރި މައްސަލާގައި ދައުލަތުން ފާރިސްގެ މައްޗަށް އުފުލި ޝަހުސު އޮޅުވާލުމުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި ފާރިސްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހަށް ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކޮށްފައިވަނީ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ރެއެވެ.

ފާރިސްގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފަށް ހުށަހަޅާފައިވަނީ މިއަދުއެވެ.

ޝަހްސު އޮޅުވާލުމުގެ ދައުވާއާއި ގުޅިގެން ފާރިސްގެ މައްޗަށް ހުކުމް ކޮށްފައިވާއިރު، ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމުގެ ދައުވާއާއި އިތުރު އެތައް ދައުވާއެއް ފާރިސްގެ މައްޗަށް މިހާރުވެސްވަނީ އުފުލާފައެވެ.
ހިޔާލު

ރައްޔިތުން

ޔާމީންގެ ވެރިކަން ނިމޭ ހިސާބުން ފާރިސް މުސްތަގުބަލުގައި ވެރިކަމަށް ގެނެވޭނެ ގޮތަށް މި ކަން ނިންމާނެ ކަމަށް ބެލެވޭ