Rilawan gellunu mahsalaige adu ehumeh miadhu
image
ރިލްވާނުގެ އެކުވެރިން އާއިލާ އަދި ނޫސްވެރިން ބޭއްވި އެއްވުމެއްގެ ތެރެއިން---
2 ކޮމެންޓް
 

ރިލްވާނުގެ ގެއްލުނު މައްސަލައިގެ އަޑު އެހުމެއް މިއަދު

ވީނުވީއެއް ނޭންގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިއާ އަހުމަދު ރިލްވާނުގެ މަރުގެ މައްސަލާގައި ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓްގައި މިއަދު (ބުރާސްފަތި ދުވަހަށް) ތާވަލުކޮށްފިއެވެ. Dhiraagu
މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިބަނީ ހެނދުނު 10:00 އަށެވެ. މިއީ މިމައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ ތިން މީހުންގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެވެ.

މި މައްސަލާގައި ޖުމްލަ ތިން މީހެއްގެ މައްޗަށް ދައުވާ ކުރެއެވެ. އެއީ ގ ހިލްޓަން، އާލިފް ރައޫފާއި ގދ ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ ހުޅުދޫ އަތިރިއާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ.

މި އެންމެންގެ މައްޗަށްވެސް ކުރަނީ ޓެރަރިޒަމްގެ ދައުވާ އެވެ. މީގެ ތެރެއިން ސުމައިދު ރާއްޖޭގައި ނެތްކަމަށާއި އޭނާ ރާއްޖެއިން ބޭރުގައި މަރުވެފައިވާކަމަށް ބެލެވޭކަމަށް ދައުލަތުން މީގެކުރިން ކޯޓްގައިވަނީ ބުނެފައެވެ. އެހެންކަމުން ދައުވާގެ ޝަރީއަތް ކުރިއަށް ގެންދަނީ އާލިފް އާއި ނޫރައްދީނުގެ މައްޗަށެވެ.

ރިލްވާން ގެއްލިފައިވަނީ 2014 އޮގަސްޓް މަހުއެވެ.

ރިލްވާން ގެއްލުނު މައްސަލާގައި ހިންގަމުން ގެންދާ ޝަރީއަތުގައި މިހާރު ކުރިއަށްދަނީ ހެކިންގެ ހެކިބަސް ނެގުމެވެ.
ހިޔާލު

މުހައމަދު

ރަައި ކާރު ކޮބާ؟
އޭނަ އަައ ފލެޓް ދިނީ ކާކު؟

ރައްޔިތުން

ތިޔައީ ބޮޑު ސުވާލެއް ތިޔަކަމާއި އަދި ތިޔަފަދައިން ފަސްއެޅެމުންދާ އެހެނިހެން ކަންކަންވެސް ރައްޔިތުން ތިބީ ސުވާލުކޮށް އޭގެ ޖަވާބު ސާފުކުރުމަށް