Cristiano Ronaldo Retire Kuraanee Juventus Gai: Agent
image
ކްރިސްޓިއާނޯ ރޮނާލްޑޯ ފޮޓޯ:---
0 ކޮމެންޓް
 

ކްރިސްޓިއާނޯ ރޮނާލްޑޯ ރިޓަޔާ ކުރާނީ ޔުވެންޓަސްގައި: އެޖެންޓް

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުން ހުއްޓާލާނީ އޭނާ ދާދިފަހުން ގުޅުނު އިޓަލީގެ ކްލަބު، ޔުވެންޓަސްގައި ކަމަށް އޭނާގެ އެޖެންޓް ޖޯޖް މެންޑެސް ބުނެފިއެވެ. kobadoctor
ރޮނާލްޑޯގެ ޓްރާންސްފާއާ ގުޅޭ ގޮތުން ފުޓްބޯލް އިޓާލިއާއަށް ދިން އިންޓަވިއުއެއްގައި މެންޑެސް ބުނީ ރޮނާލްޑޯ ކުޅުން ހުއްޓާލާނީ ޔުވެންޓަސްގައި ކަމަށާއި އެކަމާމެދު އޭނާ ވެސް އުފާ ކުރާ ކަމަށެވެ.

"ރޮނާލްޑޯގެ ކެރިޔަރު ނިންމާލާނީ ޔުވެންޓަސްގައި. ރޮނާލްޑޯގެ ނިންމުމާމެދު އަހަރެން ވެސް އުފާކުރަން." މެންޑެސް ބުނެފައިވެއެވެ.

33 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އިޓަލީގެ ޔުވެންޓަސްއާ ގުޅިފައިވަނީ 4 އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޔުވެންޓަސްއަށް ރިއާލް މެޑްރިޑުން އޭނާ ވިއްކާލާފައިވަނީ 99 މިލިއަން ޕައުންޑާ ގާތް ކުރާ ޓްރާންސްފާއެއްގައެވެ. މިއީ މީގެ 9 އަހަރުގެ ކުރިން އެކްލަބުން މެންޗެސްޓާ ޔުނައިޑުން ރޮނާލްޑޯ ގަތް އަގަަށްވުރެ 15 ވަރަކަށް މިލިއަން ޕައުންޑު ބޮޑު އަދަދެކެވެ.

ކްލަބުގައި ގިނަ ދުވަސްތަކަކަށްފަހު އެންމެފަހުން ރޮނާލްޑޯ ރިއާލް މެޑްރިޑު ދޫކޮށްލާފައިވާއިރު ރިޕޯޓްތައް ބުނާ ގޮތުގައި ރޮނާލްޑޯ ރިއާލް މެޑްރިޑު ދޫކޮށްލީ ކްލަބުން "ޓެކްސް މައްސަލާގައި" އޭނާގެ ދިފާއުގައި އެންމެ އެދެވޭ ގޮތަށް މަސައްކަތް ކޮށްފައިނުވާ ކަމަށް ރޮނާލްޑޯއަށް ގަބޫލު ކުރެވޭތީ އެވެ. މީގެ އިތުރުން އެކްލަބުގެ ޓްރާންސްފާ ޕޮލިސީއާ ގުޅިގެން ވެސް އެކްލަބުގެ ރައީސް ފްރޮރެންޓީނޯ ޕެރޭޒްއާ ރޮނާލްޑޯއާ ދެމެދު ހިޔާލު ތަފާތުވުން އުފެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެކްލަބުގެ ކޯޗު ޒިދާން ވެސް ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާދިނީ ރިއާލް މެޑްރިޑުގެ ޓްރާންސްފާ ޕޮލިސީތަކާމެދު ހިޔާލު ތަފާތުވުމާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހިޔާލު