Yemen ge safeeru faiyykolhu aruvaifi
image
ޔަމަނުގެ ސަފީރު ފަތްކޮޅު އަރުވައިފި
0 ކޮމެންޓް
 

ޔަމަނުގެ ސަފީރު ފަތްކޮޅު އަރުވައިފި

ޔަމަން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ މުޙައްމަދު މޮޓަހަރ އަލާޝާބީ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން މިއަދު އަރުއްވައިފިއެވެ.
ރައީސް އޮފީހުންބުނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޔަމަންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވި ކަމަށާއި މިއަދުގެ ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމުގައެވެ.

ރައީސްގެ ވާހަކަފުޅުގައި އަރަބި އިސްލާމީ ޤައުމުތަކާ ދިވެހިރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކުރެއްވިކަމަށާއި އަދި ދިވެހިރާއްޖެއާއި، ޔަމަނާ ދެޤައުމުގެ ދެމެދުގައި އޮތް ދުވަސްވީ ގާތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެ، ފުޅާވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވިކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

މިބައްދަލުކުރެއްވުމުގައި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުން ފަދަ ދެޤައުމުން އިސްކަންދޭ ކަންކަމުގައި ބައިނަލްއަޤްވާމީ މައިދާނުގައި އެކުގައި މަސައްކަތް ކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުން އަލިއަޅުއްވާލެއްވި ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
ޔަމަން ސަފީރު
ހިޔާލު