Engine Huhtunu Dhoani Thinadhoo ah Gengosfi
image
އިންޖީނު ހުއްޓުނު ދޯނި--
0 ކޮމެންޓް
 

އިންޖީނު ހުއްޓުނު ދޯނި ތިނަދޫއަށް ގެންގޮސްފި

ގދ.ތިނަދޫއިން ފުރައިގެން ގއ އަށް 70 މީހުންނާއެކު ދަތުރު ކުރަމުން ދަނިކޮށް އިންޖީނު ހުއްޓުނު ފެރީ ދޯނި ގދ. ތިނަދޫއަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. dhi2
ތިނަދޫ އިން ފުރައިގެން ގއ. އަތޮޅަށް ދަތުކުރަމުންދަނިކޮށް 'ދޮންދި' ނަމަކަށް ކިޔާ ފެރީ ދޯނީގެ އިންޖީނު ހުއްޓިފައިވަނީ ގދ. ތިނަދޫ އާއި ގދ. ހައުޑިގަލާ އާ ދެމެދަށެވެ. އެހާދިސާ އެމްއެންޑީއެފްއަށް ރިޕޯޓުކޮށްފައިވަނީ މިއަދު 14:15 ހާއިރުއެވެ.

އެކަން އެމްއެންޑީއެފްއަށް ރިޕޯޓުކުރުމާއެކު އެދޯންޏަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޯސްޓްގާޑް ލޯންޗް ފާސްޓާ އިންޓަސެޕްޓަ ކްރާފްޓް "ހަކުރާ" އެސަރަހައްދަށް ގޮސްފައިވާއިރު އެދޯނި ތިނަދޫއަށް ގެންގޮސްފައިވަނީ އިތުރު ދޯންޏެއްގެ އެހީތެރިކަމާއެކު ކަފު ޖަހައިގެން ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.
ހިޔާލު