Furathama Fas Mas Dhuvahu Fas Kujjaku Rape Kuri
image
މޭމަހުގެ ނިޔަލަށް ފަސް ކުޑަކުދިން ރޭޕް ކުރި މައްސަލަ ޖެންޑާގައި
2 ކޮމެންޓް
 

ފުރަތަމަ ފަސް މަސް ދުވަހު ފަސް ކުއްޖަކު ރޭޕު ކުރި

މިއަހަރުގެ މޭމަހުގެ ނިޔަލަށް ފަސް ކުޑަކުދިން ރޭޕު ކުރި މައްސަލަ ހުށަހަޅާފައިވާ ކަމަށް ޖެންޑަ އެންޑް ފެމިލީ އިން ބުނެފިއެވެ. Dhiraagu
ޖެންޑާ މިނިސްޓްރީން އެހެން ބުނެފައިވަނީ އެ މިނިސްޓްރީން އާއްމުކޮށްފައިވާ މޭ މަހުގެ ނިޔަލަށް އެ މިނިސްޓްރީއަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތަކުގެ ތެރޭގައެވެ.

ޖެންޑަ މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖެނުއަރީއިން ފެށިގެން މޭމަހުގެ ނިޔަލަށް 1077 މައްސަލަ ހުށަހަޅާފައިވާއިރު 534 މައްސަލައަކީ ކުޑަކުދިންނަށް ކޮށްފައިވާ އަނިޔާތަކުގެ މައްސަލައެވެ. އޭގެ ތެރެއިން އުމުރުން 18 އަހަރުން ދަށުގެ ކުދިންނަށް ކުރާ އަނިޔާތަކުގެ ތެރެއިން ރޭޕްގެ ފަސް މައްސަލައެއް ވެއެވެ. އަދި ގެއިން ފިލައިގެން ގޮސްފާވާ ކުދިންގެ 20 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި އޭގެ އިތުރުން ޖިސްމާނީ އަދި ނަފްސާނީ ބަލިތައް ހުންނަ ކުދިންގެ ތެރެއިން އަމިއްލަ ނަފްސަށް އަނިޔާދޭ ކުދިންގެ 22 މައްސަލަ ހުށަހަޅާފައިވެއެވެ.

ކުޑަކުދިންނަށް ކޮށްފައިވާ ޖިންސީ އަނިޔާގެ 339 މައްސަލަ ވަނީ ޖެންޑަ އެންޑް ފެމިލީއަށް ހުށަހަޅާފައެވެ. އަދި އެހެނިހެން ގޮތްގޮތަށް ކުޑަކުދިންނަށް ކޮށްފައިވާ އަނިޔާގެ 136 މައްސަލަ ހުށަހަޅާފައިވާއިރު، ކުޑަކުދިންނަށް ކޮށްފައިވާ ޖިސްމާނީ އަނިޔާގެ 59 މައްސަލަ ވެސް ހުށަހަޅާފައިވެއެވެ.

ެފަސް މަހުގެ މައްޗަށް ބިނާ ކޮށްފައިވާ ރިޕޯޓަށް ބަލާއިރު 238 މައްސަލައާއި އެކު އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ އޭޕްރިލް މަހުއެވެ. އަދި 188 މައްސަލައާއި އެކު އެންމެ މަދުން މައްސަލަ ހުށަހެޅި މަހަކީ މޭމަހެވެ.
ހިޔާލު

އަހުމަދު

ނަންވާނި އިންޑިއާ.. އާބާދީއަށްބަލާފަ ރާއްޖޭގެމީހުން ލަދުވެތިވާންޖެޭ...
ވީމާ ރޭޕިސްތާން ކިޔާކަށްނުޖެހޭ މިވަރުވީމަކާއެ ދޮވެހިންނެތް..

ތުމާ

ފިސާރި ވަރު ހުންނަ އެއްޗެހި ގެންގުޅޭ މީހުން ދޯ ރާއްޖޭގަވެސް އުޅެނީ.