7 Resorteggai Ekani Votefoshi Bahattan Nimmi Nimun Badhalu Kurumah Govaalaifi
image
ކައުންސިލު އިންތިހާބުގައި ބެހެއްޓި ވޯޓު ފޮއްޓެއް---
0 ކޮމެންޓް
 

7 ރިސޯޓެއްގައި އެކަނި ވޯޓު ފޮށި ބަހައްޓަން ނިންމި ނިންމުން ބަދަލު ކުރުމަށް ގޮވާލައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހަތް ރިސޯޓެއްގައި އެކަނި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބަދަލު ކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ އިލެކްޝަނުގެ އެ ނިންމުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެޖަމިއްޔާއިން ބުނެފައިވާ ގޮތުގައި ރާއްޖޭގައި މަސައްކަތް ކުރާ މީހުންގެ އާބާދީގެ 114 އިންސައްތަ ރިސޯޓުތަކުގައި މަސައްކަތް ކުރަމުންދާ އިރު އެންމެ ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ.

ވޯޓުލާ ފަރާތްތަކުގެ އިތުބާރު ކުޑަވާ ފަދަ އަމަލުތަކުން އިލެކްޝަންސް ކޮމިޝަން ދުރުވާން ޖެހޭ ކަމަށާއި އެ ނިންމުން ވަގުތުން ބަދަލު ކުރުމަށް ވެސް އެ ޖަމިއްޔާއިން ގޮވާލާފައިވެއެވެ.

ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ރިސޯޓުތަކަކީ ކުރަމަތި އައިލެންޑް ރިސޯޓާއި، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑާއި، ސަން އައިލެންޑް ރިސޯޓު އެންޑް ސްޕާއާއި، ބަނޑޮސް މޯލްޑިވްސްއާއި، ޕެރެޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާއާއި، ކުރެއްދޫ އައިލެންޑް ރިސޯޓާއި، ދަ ސަން ޝިޔާމް އިރުފުށި މޯލްޑިވްސްއެވެ. އިލެކްޝަނުން ބުނެފައިވާ ގޮތުގައި ވޯޓުފޮށި ބެހެއްޓުމަށް ހަމަޖައްސާފައިވާ ރިސޯޓުތަކުގެ ތެރެއިން އެ ރިސޯޓްތަކުގައި ވޯޓުފޮށި ބަހައްޓާނީ ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންނުން ހުޅުވާލާ މުއްދަތުގެ ތެރޭގައި އެއިން ރިސޯޓެއްގައި ވޯޓުލުމަށް މަދުވެގެން 250 މީހުން ރަޖިސްޓަރީވެފައިވާ ނަމައެވެ.

އިލެކްޝަންސް ކޮމިޝަނުގެ އެ ނިންމުމާ ގުޅިގެން އެތައް ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ހިޔާލު