Trump ge Ninmumuge Neydhevey Asaru Dhuniyege Iqthisaadhah Kuraane: IMF
image
0 ކޮމެންޓް
 

ޓްރަމްޕްގެ ނިންމުމުގެ ނޭދެވޭ އަސަރު ދުނިޔޭގެ އިގުތިސާދަށް ކުރާނެ: އައިއެމްއެފް

އިމްޕޯޓް ޑިއުޓީއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންނެވި ބަދަލުތަކުގެ ނޭދެވޭ އަސަރު ދުނިޔޭގެ އިގުތިސާދުގެ ކުރިއެރުމަށް ކުރާނެ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.
މިއަހަރާއި ކުރިއަށް އޮތް އަހަރު، ދުނިޔޭގެ އިގުތިސާދު 3.9 އިންސައްތަ ކުރި އަރާނެ ކަމަށް އައިއެމްއެފް އިން މީގެ ކުރިން ވަނީ ލަފާކޮށްފައެވެ. ނަމަވެސް އިނގިރޭސި ވިލާތާއި ޔޫރޯޒޯންގެ ގައުމުތަކުގެ އިގުތިސާދު ކުރިއަރާނެ ކަމަށް ލަފާކުރެވޭ މިންވަރު މިހާރު ވަނީ ދަށްކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާގެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެއެވެ.

އެމެރިކާއިން ވަނީ އެގައުމަށް ޔޫރަޕުގެ ގައުމުތަކުންނާއި ޗައިނާ އާއި މެކްސިކޯ އަދި ކެނެޑާއިން އިމްޕޯޓްކުރާ ބައެއް މުދަލުން ޑިއުޓީ ނަގަން ފަށާފައެވެ. މިހާރު އޮތް ގޮތުން އޭގެ ނޭދެވޭ އަސަރު ކުރާނީ ވަރަށް ކުޑަކޮށް ކަމަށާއި އިތުރު މުދަލުން ޑިއުޓީ ނަގަން އެމެރިކާ ނިންމައިފި ނަމަ އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި އެމެރިކާއިން ވަނީ ޗައިނާގެ ބައެއް މުދަލުން ޑިއުޓީ ނަގަން ފަށާފައެވެ. އެއާއެކު ޗައިނާއިންވެސް ވަނީ އެމެރިކާގެ މުދަލުން ޑިއުޓީ ނަގަން ފަށާފައެވެ. ޗައިނާގެ އެ ފިޔަވަޅާއެކު އެމެރިކާއިން ވަނީ ޗައިނާގެ އިތުރު 200 ބިލިއަން ޑޮލަރުގެ މުދަލުން ޑިއުޓީ ނަގާނެ ކަމުގެ އިންޒާރުދީފައެވެ.
ހިޔާލު