Vote Olhuvaalumah Jahaa Malhieh! Thiya Kuranee Insaanee Karaamaathah Malaamaatheh!
image
އީސީގެ ރައީސް އަހުމަދު ޝަރީފް
3 ކޮމެންޓް
 

ވޯޓް އޮޅުވާލުމަށް ޖަހާ މަޅިއެއް! ތިޔަ ކުރަނީ އިންސާނީ ކަރާމާތަށް މަލާމާތް!

އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ނަމަ، އާންމު އިންތިހާބުތަކުގައި ވޯޓުލުމަކީ ގާނޫނުން ލިބިދީފައިވާ ހައްގެކެވެ. ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި މީހެއް ނަމަވެސް އެ ހައްގަށް ހުރަހެއް ނޭޅޭނެއެވެ.
މީގެ ކުރިން ބޭއްވިގެންދިޔަ ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަދި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުތަކުގައިވެސް ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވޯޓުލުމުގައި އެހީތެރިއެއްގެ އެހީ ބޭނުންވާނަމަ، އެ ފަރާތަކުން އައްޔަންކުރާ މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުސަތު ވަނީ ތަނަވަސްކޮށްދީފައެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިފަހަރު ވޯޓުލާންދާ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓު ކަރުދާހުގައި ފާހަގަ ޖަހައިދޭނީ އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލެއް ކަމަށް އެ ކޮމިޝަނުން ހާމަކުރުމާއެކު އެއީ ވޯޓުގެ ނަތީޖާ އޮޅުވާލުމަށް ސަރުކާރުން ކުރާ މަސައްކަތެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިހާތަނަށް އަމަލުކުރަމުން އައި އުސޫލަކީ، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓު ކަރުދާހުގައި ފާހަގަ ޖަހައިދޭނީ އޭނާގެ އެހީތެރިއަކަށް ހަމަޖައްސާ މީހެކެވެ.

މިފަހަރު ވޯޓުލާންދާ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސްގެ އޮފިޝަލެއް ފާހަގަ ޖަހައިދޭ ގޮތަށް ނިންމީ އެއްވެސް މީހެއްގެ ނުފޫޒެއް ނެތި، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ވޯޓުލުމުގެ ފުރުސަތު ދޭން ކަމަށާއި އެއީ އެހެން ގައުމުތަކުގައިވެސް އަމަލުކުރާ ބެސްޓް ޕްރެކްޓިސް ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން އެހެން ބުނި ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ އީސީގެ އެ އަމަލަކީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގަށް އަރައިގަތުން ކަމަށެވެ. އަދި އެއީ ވޯޓުގެ ނަތިޖާ އޮޅުވާލުމަށް ކުރަމުންދާ ކަމެއް ކަމަށް އެ ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

"ބެސްޓް ޕްރެކްޓިސް އެކޭ ކިޔައިގެން ކޮމިޝަނުން ވާހަކަ ދައްކާއިރު ނިކަން ބަލާ ކޮމިޝަނުގެ ނަޒާހަތްތެރިކަން. އަނެއްކާ އެ ބުނަނީ އެއްވެސް މީހެއްގެ ނުފޫޒެއް ނެތި، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ވޯޓުލުމުގެ ފުރުސަތު ދޭން ވެގެންނޭ އެގޮތަށް ހެދީ. ކޮމިޝަނުގެ އޮފިޝަލަކަށްވުމުން އެއީ މާ މަތީ އަގީދާއެއް ހުންނަ މީހަކަށްވާކަމެއްތަ؟ އަނެއްކާ އޮފިޝަލަކީ ވެސް ދިވެއްސަކަށްވާއިރު އޭނާ ބޭނުން ގޮތެއް ވެސް އޮންނާނެތަ. އިންސާނުންވީމަ އެ އޮފިޝަލުވެސް އޭނާ ހިތް އެދޭގޮތަށް ކަންކަން ނިންމާނެތަ. އެ ހުރިހާ ކަމެއް އެހެން ހުރި އިރު ވޯޓް ލުމުގެ ހައްގު ލިބޭ މީހާ ކަނޑައަޅާ މީހަކު ފާހަގަ ޖެހުމަކީ އެންމެ އިންސާފުވެރިގޮތްކަމަށް ފެންނަނީ. އެކަމަކު ކީއްކުރާނީ،" ނަން ހާކުރަން ނޭދޭ ސިޔާސީ ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ތުހުމަތުކުރާގޮތުގައި އީސީގެ އަމަލަކީ ކަނޑައެޅިގެން ވޯޓް އޮޅުވާލުމަށް ނުވަތަ ވަކިކޮޅަކަށް އަނބުރާލުމަށް ޓަކައި ހިންގާ ބޮޑު ޖަރީމާއެކެވެ. އަދި އެއީ އިންސާނަކަށްވީތީ އިންސާނުންނަށް ލިބޭ ހައްގަކަށް ކަނޑައެޅިގެން އަރައިގަތުމެކެވެ. އިންސާނާއަށް ގޮތް ނިންމޭ ފަދަ ހާލަތުގައި ހުރި ނަމަ އެމީހެއްގެ ކަމެއް އެމީހެއްގެ ފަރާތުން ކުރާނެ މީހަކު ކަނޑައެޅުމަކީ އިންސާނަވެ އެމީހަކަށް ލިބޭ އެންމެ ބޮޑު ހައްގުކަމަށްވާއިރު އެހައްގުން މަހުރޫމް ކުރުމަކީ އިންސާނީ ކަރާމާތް ނަގާލުން ފަދަ ކަމެއް ކަމަށް އޭނާ ދެކެވެ.

އިންތިހާބުގައި ވޯޓުލާންދާ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް އެ މީހަކަށް އިތުބާރު ކުރެވޭ މީހެއްގެ އެހީއާއެކު ވޯޓުލުމަކީ ލިބިދޭން ޖެހޭ ހައްގެކެވެ. ލޮލަށް ފެނުމުން މަހުރޫމްވެފައިވާ މީހަކަށް އެ މީހަކަށް އިތުބާރު ނުކުރެވޭ މީހެއްގެ އެހީއާއެކު ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

އިންސާނީ ބުއްދީގެ ހަމަތަކުން ބަލާއިރު އިންސާނާގެ ބަދަލުވެރިން ތިބެއެވެ. އެމީހާގެ ބަދަލުވެރިކަން ބަދަލުވެގެންދާ އިންސާނީ ހަމަތައް ހުރެ އެވެ. ދުނިޔޭގައި އަމަލުކުރާ އުސޫލުތައް ހުރެ އެވެ. ހަމަ ކުއްލިއަކަށް ދައުލަތުގެ މައްޗަށް ބެލެނިވެރިކަމާއި އެހެނިހެންކަންކަން ނެގުމަކީ ދުނިޔެވި ހަމައިން ކުރެވޭނެކަމެއް ވެސް ނޫނެވެ. ނަމަވެސް ރާއްޖޭގައި ރައީސް ޔާމީނުގެ ޖައާމަތުގައި ހިންގާ އިލެކްޝަންސް ކޮމިޝަނުން މިވަނީ އެ ހުރިހާ ހަމަތައް އެއް ކިބައިކޮށްފައި ބާއްވައެވެ.

އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ މީހަކު ބަދަލުގައި ވޯޓްލާ ގޮތަށް ކަނޑައެޅުމަކީ ޖައްގަލީގެ އުސޫލު ނޫން ކޮން އުސޫލެއް ބާއްވައެވެ. އެމީހަކު އެމީހާގެ ކަންކަން ކުރާނެ މީހަކު ކަނޑައެޅުމުގެ ހައްގުން މަހުރޫމް ކުރުމަކީ އީސީއަކަށް ވެސް އަދި އެހެން ބަޔަކަށް ވެސް ކުރެވޭނެކަމެއް ކަމަކަން ނުފެނެއެވެ. ނަމަވެސް ބާރު އޮތީ ތީ ކަންކަން ކުރެވޭނެކަން ދުނިޔެ ވަކީ ދައްކާފައެވެ. ނަމަވެސް އެއީ ކޮންމެހެން އިންސާފާއި ހަމައިން ކުރާ ކަމަކަން ނުވާނެވެ. އެހެން ކަމުން

ވޯޓުލާންދާ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް އެ މީހަކަށް އިތުބާރު ކުރެވޭ މީހެއްގެ އެހީއާއެކު ވޯޓުލުމަކީ ލިބިދޭން ޖެހޭ ހައްގެކެވެ. އެ ހައްގަށް އަރައިގަނެ ހެދުމަކީ ހަދާ ވަރަށް ބޮޑު ގޯހެކެވެ. އެފަދަ ގޯހެއް އާންމުކޮށް ހަދަނީ ނުބައި ރޭވުމަކުން ވަކި ނަތީޖާއެއް ނެރުމުގެ ބޭނުމުގައެވެ. އަނެއްކާ އިލެކްޝަންސް ކޮމިޝަނުން މި އުޅެނީ ކިހިނެއް ހަދަން ބާއްވައެވެ.
ހިޔާލު

ާކުޑޭ

ތީއެއްވެސް ގާނޫނަކުން ގަވާއިދަކުން ބާރުއެޅޭނެކަމެއްނޫން މިސާލަކައް ޖިސްމާނީގޮތުން ބަލިވިއަސް އަންބަކު ދަރިއަކު ސިޔާސީޖަގަހަ ނޫނީ ކޮމިޝަންތަކުގަ ބޭނުމަހަވާލުކުރެވޭ ގާނޫނެއް އަދި ދީނީގޮތުން ވެސްބާރުލީބޭ ނަމަތާ ތިއުސޫލް ގަވާއިދައް އަމަލުކުރެވޭނީ.

އަހުމަދު

ދިވެހި އެންމެންގެ މަތިން އިލެކްސަންކޮމިސަނުގެ ރައީސް އޮފީހުގައި އިންނަވައިގެން މި ވޯޓްލުމުގެ މަސައްކަތް އެއްކޮށް ނިންމަވާލައްވާނަމަ ޚަރަދު ކުޑަވެ ވެފައި ނަތީޖާ ފޮނިވާނެ.
ވަޤުތުން ނަތީޖާ ލިބިލައްވާނެއެއްނު.

ކަލް ދޯ ބަޖޭ

އެފަދަ މީހުންގެ ވޯޓު ލުމުގައި އެހީތެރިވުން އެންމެ ހައްޤުކަން ބޮޑީ އޭނަގެ ވަލީވެރިޔާ ވަލީވެރިޔަކު ނެތްނަމަ އޭނަގެ ވަލީ އަރާނީ ހާކިމާޔަތް !