Dhuniyege Record Agakah Keeper Alison Liverpool Aa Gulhenee
image
ކީޕަރ އެލިސަން ފޮޓޯ:---
0 ކޮމެންޓް
 

ދުނިޔޭގެ ރެކޯޑު އަގަކަށް ކީޕަރ އެލިސަން ލިވަޕޫލްއާ ގުޅެނީ

ރޯމާގެ ކީޕަރ، އެލިސަން ހޯދުމަށް ލިވަޕޫލުން ކުރި ދުނިޔޭގެ ރެކޯޑް ބިޑު އެކްލަބުން ގަބޫލު ކޮށްފިއެވެ.
ގޯލް ޑޮޓް ކޮމް އިން ރިޕޯޓް ކުރާ ގޮތުގައި ލިވަޕޫލުން ކުރި 66.8 މިލިއަން ޕައުންޑުގެ ބިޑް ގަބޫލުކޮށް އެލިސަން ލިވަޕޫލަށް ވިއްކާލުމަށް ރޯމާއިން ނިންމާފައިވާއިރު ލިވަޕޫލުން މިހާރު ދަނީ އެލިސަންގެ މިޑެކިލްގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.

25 އަހަރުގެ އެލިސަން ހޯދުމާ ލިވަޕޫލުން ވަރަށް ގާތަށް ޖެހިލާފައިވާއިރު ވާދަވެރި ޗެލްސީން ވެސް ވަނީ އޭނާގެ ސޮއި ހޯދުމަށް މަސައްކަތްކޮށްފައެވެ. ކީޕަރ އެލިސަންގެ ސޮއި ހޯދުމަށް ލިވަޕޫލުން 66.8 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅާފައިވާއިރު މި ޓްރާންސްފާ ހިގީގަތަކަށް ވެއްޖެ ކަމުގައިނަމަ އޭނާ ވެގެންދާނީ ދުނިޔޭގެ އެންމެ އަގުބޮޑު ގޯލް ކީޕަރ އަށެވެ. މި މަގާމު މީގެ ކުރިން އޮތީ ބެންފީކާއިން މެންޗެސްޓާ ސިޓީއާ ގުޅުނު ޒުވާން ކީޕަރ އެޑާސަން އަތުގައެވެ.

އެލިސަން ލިވަޕޫލާ ގުޅެން އުޅޭކަމަށް މީޑިއާތަކުން ރިޕޯޓް ކުރަމުންދިޔަ ކަމުގައި ވީނަމަވެސް ދެކްލަބުން ކުރެ ކްލަބަކުން ނުވަތަ އެލިސަންގެ ފަރާތުން ވެސް މިކަމާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.
ހިޔާލު