Sakuraakun Amilla ah Bolaafoshaa Elhenee!
image
ފޮރިން މިނިސްޓަރު އދގެ ވަފުދަކާ ބައްދަލު ކުރައްވަނީ---ފޮޓޯ:ފޮރިން މިނިސްޓްރީ
7 ކޮމެންޓް
 

ސަރުކާރު އަމިއްލައަށް "ބޮލާފޮށާ" އެޅެނީ!

ޓެކްނޮލޮޖީގެ ކުރިއެރުންތަކާ، ވިޔަފާރިއާއި މުވާސަލާތުގެ ސަބަބުން ދުނިޔެ މިއަދުމިވަނީ ބަވަނަ ވެފައެވެ. އެއްބަޔަކު އެނެއް ބަޔަކާމިވަނީ ގުޅި ލާމެހިފައެވެ. އެކިއެކި މުއާހަދާ ތަކުގައި މިވަނީ ގައުމުތަކުން ސޮއިކޮށްފައެވެ. އެގޮތަށް އަމަލު ކުރުމަށެވެ. އެހެންކަމުން ގަބޫލު ކުރާންޖެހޭނެ ހަގީގަތަކީ، އެއްވެސް ގައުމަކަށް މިއަދު ބައިނަލް އަޤުވާމީ މުޖްތަމަޢާ އެކަހެރިވެ ދުރުގައި ނޯވެވޭނެ ކަމެވެ. ތިމަތިމާމެން ހިތްހަމަ ނުޖެހޭއިރަށް ބޭރުގެ ބޮޑެތި ޖަމާއަތްތަކާއެކު ގުޅުން ކަނޑައިލައިގެން ނުތިބެވޭނެ ކަމެވެ.
ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޭރުގެ ގައުމުތަކާއި ޖަމާޢަތްތަކުން ވަންނާނެކަން ގަބޫލުކުރާންޖެހެއެވެ. އެހެނީ ކުރީންވެސް ދެންނެވިފަދައިން ބަވަނަ ވެފައިވާ މިދުނިޔެއަކީ ގުޅިލާމެހިފައިވާ ތަނަކަށް ވާތީއެވެ. އެކަން ނޭގުމަކީ ވިސްނުމުގެ ހުރި "ކޮށި" ކަމަކަށް، ނުވަތަ "ޖާހިލު" ކަމަކަށް ނޫނީ ނުވާނެއެވެ. މިއިން ކޮންމެ ފަހަރަކު، "އިސްލާމް ދީނުގެ" ކާޑު ނަގައި ދީން ހަތިޔާރަކަށް ބޭނުން ކުރާން އުޅުނު ނަމަވެސް، ދިވެހީންނަކީ މިއަދު އެހައި ތަންދޮރު ނުފިލާ ތިބި ބައެއް ނޫނެވެ. މިގައުމުގައި ހިނގާ ކަންކަން މިހިނގަނީ ދިވެހީންގެ ލޮލުގެ ކުރިމަތީގައެވެ. ފެންނަފަށުގައެވެ. ހާމައަށެވެ. މިއަދު މި ވާނުވާ ނޭގިގެން އުޅޭ ވަރަށްވުރެ ދިވެހީން ތިބީ ހޭލުންތެރިވެފައެވެ.

ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަގުވާމީ މުއާހަދާތައް ގިނަގުނައެވެ. މި މުއާހަދާތަކުގައި ބައިވެރިވެ، "ހިޔާ" ހޯދާނަމަ، އެއްބަސްވުމާ އެއްގޮތަށް އަމަލު ވެސް ކުރާންޖެހޭނެއެވެ. އެގޮތަށް އަމަލު ނުކުރުމުން އަޅާ ފިޔަވަޅަކީ ދީން ނަގައިލުން ކަމަށް ބުނެ "ޝޯވް" ކުރަން އުޅުނު ނަމަވެސް އެކަން ގަބޫލު ކުރާވަރަށް ވުރެ ދިވެހީން މިއަދު ހޭލުންތެރިއެވެ.

ރާއްޖެއަކީ ތިންބާރު ވަކިވެފައިވާ ތަނެއްކަމަށް ބުނަނީ ނަމެއްގައެވެ. އަމަލުން އެކަމެއް ނުފެނެއެވެ. މިގައުމަކީ ތިންބާރު ވަކިވެފައިވާ ޑިމޮކްރަސީގެ ވެރިކަމެއް ހިނގާ ގައުމެއްކަމެއް ރައްޔިތުންނަށް އިހުސާސެއް ނުކުރެވެއެވެ. ރައްޔިތުންގެ މަޖިލިސްގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކުން ނެގުމާއެކު ކަންހިގައި ދިޔަ ގޮތް، ދިވެހިރައްޔިތުންނަށް އެނގެއެވެ. ގަވާއިދުތަކާއި ގާނޫނުތައް ކޮށައި މަށައި ހަދަމުން ދިޔައީ "ހަމައެއް، ލަމައެއް" ނެތިކަން ހާމަޔަށް މިއޮތީ ފެންނާށެވެ. 01 ފެބުރުވަރީގައި ސްޕްރީމް ކޯޓުން ނެރުނު ހުކުމާއެކު، ދެން ކަންވެގެން ދިޔަގޮތް ވެސް، މީހަކު އިތުރަށް ކިޔައި ނުދިނަކަސް ދިވެހީންނަށް އޮޅިފައެއް ނުވާނެއެވެ. ޤާނޫނުން ބާރު ލިބިގެން އުފައްދައިފައިވާ ހިއުމަން ރައިޓްސް ކޮމިޝަނާއި އަދިވެސް އެހެނިހެން މިނިވަން މުއައްސަސާތަކުގައި މިވަނީ "ބުރަކިޖެހި" ފައެވެ. ހުރިހައި ތަނެއްގައިމެ މިވަނީ ސިޔާސީ "ކަސްތޮޅު" އަޅުވައިފައެވެ.

އިދިކޮޅު ލީޑަރުންވަނީ، ޖަލަށް ލެވިފައެވެ. ނުރުހުމުގައި ވާހަކައެއް ނުވަތަ ބަހެއް ބުނި މީހަކުވިޔަސް، މިދަނީ ވަޒީފާއިން ވަކިކުރަމުންނެވެ. ނުވަތަ ބިރުދައްކަމުންނެވެ. ޝަރުޢީ އިދާރާތައް ބިރުން ތުރުތުރު އަޅާއިރު، ވިދާޅުވި ގޮތަކަށް ހުކުމްތައް ޖަހާ، ޖަލުތައް ފުރަމުން ދާކަމަށް ރައްޔިތުން އެދަނީ ބުނަމުންނެވެ. ޖަލުތަކުގައި އެތައް މަރެއް ހިނގައިފައިވާތީ އެ އާއިލާތަކުން އެދަނީ ހިތްދަތިކަން ތަހައްމަލު ކުރަމުންނެވެ.

އިސްލާމްދީނަށް ލޯބިކުރާ ސަރުކާރެއް ކަމަށް ބުނެ، ބުރުސޫރަ ރީތިކުރުމަށް މަސައްކަތް ކުރިނަމަވެސް އެކަމެއް ވާކަށް ނެތެވެ. "ސްކޫލުތަކުގައި ކުދީން މިއަދު ވާހަކަ ދައްކަނީ އަރަބި ބަހުންނެވެ." މޫނުބުރުގައި އެޅި ޓީޗަރުން ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވައި ލައިފިއެވެ. ތުނބުޅިއާއި ފައިކުރި ކުރުކޮށް ހުރުމުން އިމިގްރޭޝަނުގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފިއެވެ. ބެންކޮކަށް ގޮސް، ހޯދާ އަންހެން ކުދީންނަކީ ހިލޭ އަންހެނުން ނޫން ކަމަށާއި، އެހެންވީމާ އެކަމަކީ ހުއްދަކަމެއްކަން ދޭހަވާ މޭރުމުން ބަސްފުޅު ވިދާޅުވެއްޖެއެވެ.

އަމާން ހަމަހިމޭން ރީތި ދިވެހިރާއްޖެ ކޮރަޕްޝަންގެ "ހާއްޔަކަށް" ހަދައިލައިފިއެވެ. އަމިއްލަ އެކައުންޓަށް ވަން އެއްމިލިޔަން ޑޮލަރު އަދިވެސް ހުރީ އެ އެކައުންޓުން ނެގޭނެ ގޮތެއް ނުވެފައެވެ. އަރިހުގައި އުޅޭ، ހަތަރު "ކެނަ" އަކަށް ތަނަވަސްކަން ލިބުނީ، މާވަހަރެއް ފެނިގެން ތޯއްޗެކެވެ.

މިހިރަ މިހިރަ ހުރިހައި ކަމެއް ދިވެހީންނާއި ބޭރު ދުނިޔެއަށް އޮޅިފައެއް ނުވެއެވެ. ގައުމެއްގެ ޑިމޮކްރަސީ، ގައި ތަޅުއެޅުވި، ހުއްޓި، ރައްޔިތުންގެ މިނިވަންކަން ގެއްލިދާ ހިނދު، ބަވަނަ ވެފައިވާ ދުނިޔޭގައި ގައުމުތައް "ހައްޕު" ކިޔައިގެން ތިބޭނެކަމަށް ހީކުރުމަކީ މޮޔަކަމެކެވެ. އާންމު އުސޫލަކީ، ބޭރުގެ ޤައުމުތަކާއި ޖަމާޢަތްތަކުން އަހާނީ ސަރުކާރުގެ ބަސް ބަހެވެ. އެހެންނަމަވެސް ސަރުކާރަށް ނިސްބަތްވާ ބޭބޭފުޅުން ޓީވީތަކުގައި ކަރުން ނާރު ނަންގަވައި ވިދާޅުވަނީ، ބޭރުގެ ޖަމާޢަތްތަކުން އަހަނީ، އިދިކޮޅު ފަރާތްތަކުގެ ބަސް ކަމަށެވެ. އެވިދާޅުވަނީ ތެދެއް ކަމަށް ވާނަމަ، މިޔަށްވުރެ ބޮޑު ފޭލި ވުމެއް ދެން ފަހެ ކޮބައި ހެއްޔެވެ؟
ހިޔާލު

ޢިބްރާހިމް ރަޝީދު/ ބައްޑާ

ޔާމީނާއި ފާތުމަގެ މިލްކިއްޔާތުގައި ވާހާ އެއްޗެއްނަމަ ވީ ހިފަހައްޓައި ރައްޔިތުންނަށް މިލްކު ކުރަން. ދިވެހިން މި ތިބީ އީޔޫގެ ނިންމުންތަކަށް ރުހިގެން. ވަގު މަދުބަޔަކު ފިޔަވާ.

ޔާމީނު

ފަޟީހަތްވެ ބަރަހަނާ ވެއްޖެ

މުހައްމަދު

ހުރިހާވެސް މައްސަލަޔަކީ ތަސައްރަފު ނުފުދޭ ގިނަބަޔަކު ރައްޔިތުން ގާނޫނު ހަދާ މަޖުލިހަށް ވެއްދުމެވެ. ދެންވެސް ހޭއަރަން ވެއްޖެއެވެ. ނުވަތަ ރައްޔިތުން ހޭލައްވަން ވެއްޖެއެވެ. މަޖުލިސް މެމްބަރުން އަމަލުކުރަނީ ގާނޫނުއަސާސީގެ 3 ވަނަ މާއްދާ އާއި އެއްގޮތައްތޯ ބައްލަވާލައްވާށެވެ. ގިނަމެމްބަރުންނަކީ މީހާރު ޝަރުތުހަމަވާ ބައެއްނޫނެވެ.

ޢިބްރާހީމް

ޔޫރަޕިއަން ޔޫނިއަނުން ގޮސް އިޒްރޭލާއި ދޭތެރޭ ފިޔަވަޅު އަޅައިބަލަ.....

ލަކޫ

،އެބައެއްގެ ކިބާގައި މަޢާފު ކުރުމުގެ ރީތި ސިފަ ނެއްބަޔެއްގެ ކިބާގައި އެއްވެސް ހެއުކަމެއް ހުރެދާނެތޯ ؟ މަޢާފުކުރުމުގެ އިންސާނީ މިރީތި ސިފަ އެމީހެއްގެ ގާގަ ނެތިއްޔާ އެމީހަކު އެހުރީ ހެއުކަންތަކުން މަހުރޫމު ވެފައި !

ލަކޫ

،އެބައެއްގެ ކިބާގައި މަޢާފު ކުރުމުގެ ރީތި ސިފަ ނެއްބަޔެއްގެ ކިބާގައި އެއްވެސް ހެއުކަމެއް ހުރެދާނެތޯ ؟ މަޢާފުކުރުމުގެ އިންސާނީ މިރީތި ސިފަ އެމީހެއްގެ ގާގަ ނެތިއްޔާ އެމީހަކު އެހުރީ ހެއުކަންތަކުން މަހުރޫމު ވެފައި !

ޑިމޮކްރަސީ

ސަރުކާރު ބަސްނާހާ އިދިކޮޅު ބަސް އަހާނަމަ ބޭރުދުނިޔޭގައި ތިވަނީ ފެއިލްވެފައި/ޑޯންޓްވޮރީ ވޯޓްލާދުވަހު 500 އިންބަހާލާ ރައްޔިތުން އޯކޭވާނެ ގުބޯރާއްޖެ