Raees Maumoon ge kaivenyah 49 aharu, Dunya ge asarugadha message he!
image
ރައީސް މައުމޫނުގެ ކައިވެންޏަށް 49 އަހަރު،
2 ކޮމެންޓް
 

ރައީސް މައުމޫނުގެ ކައިވެންޏަށް 49 އަހަރު، ދުންޔާގެ އަސަރުދަގަ މެސެޖެއް!

ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމާއި ކުރީގެ ފަސްޓްލޭޑީ މެޑަމް ނަސްރީނާ އިބްރާހިމްގެ ކައިވެންޏަށް މިއަދު 49 އަހަރު ފުރޭއިރު ރައީސް މައުނޫން އޮންނެވީ ޖަލުގައެވެ.
ރައީސް މައުމޫނާއި މެޑަމް ނަސްރީނާގެ ކައިވެންޏަށް މިއަދު 49 އަހަރު ފުރޭއިރު މައުމޫނު ޖަލުގައި އޮންނަވަން ޖެހިވަޑައިގެންނެވުމުން އެންމެ ދެރަވި އެއް ބޭފުޅަކީ އެ ދެބޭފުޅުންގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ.

ދުންޔާ މިއަދު ވިދާޅުވީ ބައްޕާފުޅާއި މަންމާފުޅު މިއަދު ވަކިން ތިއްބެވުމަކީ ހިތްފަޅައިގެން ދާވަރުގެ ކަމެއް ކަމުގައެވެ.
ދުންޔާވަނީ ދެ ބޭފުޅުން އަވަހަށް ބައްދަލު ކުރެއްވުން އެދި ދުޢާ ކުރައްވާފައެވެ.

ކޮއްކޯފުޅު އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ރައީސް މައުމޫނު ހައްޔަރުކޮށް ޖަލަށް ލާފައިވަނީ މިދިޔަ ފެބްރުއަރީ ފަސް ވަނަ ދުވަހުގެ ރެއެވެ. އޭގެ ފަހުން ބައެއް ފަހަރު މެޑަމް ނަސްރީނާ ރައީސް މައުމޫނާއި ބައްދަލު ކުރެއްވުމަށް ޖަލަށް ވަޑައިގަންނަވައެވެ.

ރައީސް މައުމޫނާއި މެޑަމް ނަސްރީނާގެ ކައިވެންޏަށް 49 އަހަރު ފުރުނުއިރު އެ ދެބޭފުޅުންނަށް ހަތަރު ބޭފުޅުންވަނީ ލިބިވަޑައިގެންފައެވެ. އެއީ ޔުމްނާ މައުމޫނާއި ދުންޔާ މައުމޫނާއި އަހުމަދު ފާރިސް މައުމޫނުގެ އިތުރުން މުހައްމަދު ޣައްސާން މައުމޫނެވެ.

ރައީސް މައުމޫނު މިހާރު ގެންދަވަނީ ފުލުހުންގެ ތަހުގީގަށް ފޯނު ނުދިން މައްސަލާގައި އުފުލި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާއާއި ގުޅިގެން ކޮށްފައިވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ.
ހިޔާލު

ާާޢާއިޝާ

އައުރަ ނިވާނުވާ ފޮޓޯތައް ނޫސްތަކަށްދީގެން އިސްތިހާރު ކުރުމަކީ ރަގަޅުކަމެއްނޫން ކަނބުލޯ

ްްގަދަބޯ

ކަނބުލޮ ބައްޕަގެ ދިގުވެރިކަމުގަ ހައްގަކާނުލަައި ކިތައްއާއިލާ ތިހިތާމަކުރިތޯ