Anurag ge Manmarziyaan September Mahu Nereni
image
އަނޫރާގްގެ 'މަންމަރްޒިޔާން' ސެޕްޓެންބަރު މަހު ނެރެނީ--
0 ކޮމެންޓް
 

އަނޫރާގްގެ 'މަންމަރްޒިޔާން' ސެޕްޓެންބަރު މަހު ނެރެނީ

އަނޫރާގް ކަޝަޔަބްގެ ކުރިއަށް އޮތް ފިލްމު ކަމަށްވާ 'މަންމަރްޒިޔާން' ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހު ނެރުމަށް ނިންމައިފިއެވެ.
ފިލްމު އުފެއްދުންތެރިއެއްކަމަށްވާ އަނަންދު އެލް ރާއި ޓުވިޓާ މެދުވެރިކޮށް ފިލްމު ނެރޭނެ ދުވަސް ހާމަކޮށްފައެވެ. އެގޮތުން ފިލުމުގެ ޕޯސްޓަރެއް ވަނީ އޭނާ ޝެއާކޮށްފައެވެ. އަދި އެޕޯސްޓަރާ އެކު އޭނާ ބުނީ ކުދި ކުދި އަނިޔާ ނުލިބި އޭނާ މަރުވާން ބޭނުން ނުވާކަމަށެވެ. އެއީ 'މަންމަރްޒިޔާ' ގެ ދަތުރުގައި އަނޫރާގް އާއި އެފިލްމުގެ އެކްޓަރުން ސިފަކޮށްދޭ ގޮތްކަމަށް އަނަންދު ބުނެއެވެ.

ފިލްމުގައި ލީޑު ރޯލަކުން ތާޕްސީ ޕަންނޫ، ވިކީ ކައުޝަލް އަދި އަބީޝޭކް ބައްޗަން ފެނިގެންދާއިރު އެފިލްމަކީ ލޯބީގެ ފިލްމެކެވެ. ފިލްމާ ބެހޭ ގޮތުން މީގެ ކުރިން ތާޕްސީ ވާހަކަ ދައްކަމުން ބުނީ މަންމަރްޒިޔާ އަކީ ފިލްމު އުފެއްދުން ތެރިންކަމަށްވާ އަނަންދާއި އަނޫރާގްގެ ތަފާތު ދުނިޔެ ތަކުގެ ރީތިކަން ދައްކުވައިދޭ ފިލްމެއް ކަމަށެވެ.

ފިލްމު ބެލުމަށް ގިނަ ބަޔަކު ކެތްމަދުވެފައިވާއިރު މިއީ ތާޕްސީ އާއި އަބީޝޭކް އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.
ހިޔާލު