Badla ge Shooting Nimmalaifi
image
'ބަދްލާ' ގެ ޝޫޓިން ނިންމާލައިފި--
0 ކޮމެންޓް
 

"ބަދްލާ" ގެ ޝޫޓިން ނިންމާލައިފި

ސުޖޯއީ ގޯޝް ގެ ކުރިއަށް އޮތް ފިލްމު ކަމަށްވާ "ބަދްލާ" ގެ ޝޫޓިން ނިންމާލައިފިއެވެ.
އަމީތާބާއި ތާޕްސީ ލީޑު ރޯލުން ފެނިގެންދާ 'ބަދްލާ' ގެ ޝޫޓިން ނިންމާލާފައިވާކަން ޓުވިޓާ މެދުވެރިކޮށް ސުޖޯއީ އަންގާފައިވާއިރު އޭނާ ވަނީ ފިލްމުގެ ކުރޫއިން ކޮށްފައިވާ ބުރަ މަސައްކަތް ފާހަގަ ކޮށްފައެވެ. ސުޖޯއީ ގޯޝް ބުނީ އަމީތާބާއި ތާޕްސީގެ އެކްޓިން ގެ ސަބަބުން އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވާ ކަމަށެވެ.

ފިލުމުގެ ޝޫޓިން ނިމުމަކީ ހިތް ފަޅައިގެންދާ ވަރުގެ ކަމެއް ކަމަށްވެސް ސުޖޯއީ ގޯޝް ވަނީ ބުނެފައެވެ.

'ބަދްލާ' ގެ ޝޫޓިން 14 ޖޫންގައި ފަށާފައިވާއިރު ފިލްމުގެ ރިލީޒު ކުރާނެ ތާރިހެއް އަދި އެނގިފައެއް ނެތެވެ. 'ބަދްލާ' އަކީ ސްޕެނިޝް ފިލްމެއް ކަމަށްވާ 'އިންވިޒިބަލް އެސްޓް' ގެ ރިމޭކެކެވެ. އަމީތާބު އަދި ތާޕްސީ އެފިލްމުން ފެނިގެންދާއިރު މިއީ ދެމީހުން އެކުގައި މަސައްކަތް ކުރާ ދެވަނަ ފަހަރެވެ. ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ޝާހު ރުކް ހާނެވެ.
ހިޔާލު