Boko Haram in 18 Meehaku Maraalaifi
image
ބޯކޯ ހަރާމުން ޗެޑްއަށް ދިން ހަމަލާއްގައި 18 މީހުން މަރާލައިފި---
0 ކޮމެންޓް
 

ބޯކޯ ހަރާމުން 18 މީހަކު މަރާލައި 9 އަންހެނަކު ރަހީނުކޮށްފި

ޗެޑްގެ ލޭކް ޗެޑް ހިސާބުގައި 18 މީހުން މަރާލައި ނުވަ އަންހެނުން ރަހީނުކޮށްގެން ގެންގޮސްފިއެވެ.
ނައިޖަރ އާއި ޗެޑްގެ ބޯޑަރު ކައިރީ އޮންނަ ލޭކް ޗެޑްގެ ގަވަރުނަރު ވިދާޅުވީ ދެމީހެއްގެ ކަރުގައި ވަޅި އަޅާ މާރާލައި އިތުރު 16 މީހެއްގެ ގަޔަށް ބަޑިޖަހާ މަރާލި ކަމަށެވެ. އަދި 10 އަންހެނުން ކިޑްނެޕްކޮށްގެން ގެންދިޔަ ނަމަވެސް އެތަނުން އެކަކު ސަލާމަތްވެގެން އެނބުރި އައި ކަމަށެވެ.

ބޯކޯ ހަރާމުން ހަމަލާ ދިނުމާއި ގުޅިގެން އެހިސާބުން 3،000 މީހުން ވަނީ އެހެން ހިސާބުތަކަށް ބަދަލު ކޮށްފައެވެ. ލޭކް ޗެޑްގެ ބޯޑަރުގެ އަނެއް ފަރާތުގައި އޮންނަ ސަރަހައްދަކީ ބޯކޯ ހަރާމްގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދެކެވެ.

ބޯކޯ ހަރާމުން ވަނީ 2009 ވަނަ އަހަރު ނައިޖީރިއާގެ ހިސާބުތަކަށް ގިނަ ހަމަލާތަކެއްދީ، 20،000 މީހުން މަރާލާ އިންސާނީ ހައްގުތަކަށް އަރައިގަނެފައެވެ. ޗެޑްއާއި ނައިޖަރާއި، ކެމަރޫންއިން ދަނީ ބޯކޯ ހަރާމްއާއި ދެކޮޅަށް އަސްކަރީ ހަރަކާތްތަކެއް ހިންގަމުންނެވެ.

ފަހަކަށް އައިސް ބޯކޯ ހަރާމުން ދަނީ ޗެޑްއަށް ގިނަ ހަމަލާތަކެއް ދެމުންނެވެ. އެގޮތުން މިދިޔަ މޭމަހު އަސްކަރިއްޔާގެ ޗެކްޕޮއިންޓަކަށް ދިން ހަމަލާއެއްގައި ސަރުކާރުގެ ހަތަރު އޮފިޝަލަކާ އިތުރު ހަތަރު މީހަކު މަރާލާފައިވެއެވެ.
ޓެރަރިޒަމް އެފްރިކާ
ހިޔާލު