Umarge Running Matakah Iskan Dheynee Governancege Dhairaain Thajuribaa Huri Meehakah
image
އުމަރު ނަސީރު---
9 ކޮމެންޓް
 

އުމަރު ރަނިންމޭޓުކަން ދޭނީ ގަވަނެންސްގެ ދާއިރާއިން ތަޖުރިބާ ހުރި މީހަކަށް

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ނަސީރު ރަނިންމޭޓަކު ކަނޑައެޅުމުގައި އިސްކަން ދޭނީ ގަވަނެންސްގެ ދާއިރާ ނުވަތަ ހިންގުމުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތަކަށް ކަމަށް ވިދާޅުވެއްޖެއެވެ.
ވީއެފްޕީން ދެންނެވު ސުވާލަކަށް ޖަވާބު ދެއްވަމުން އުމަރު ވިދާޅުވީ ރަނިންމޭޓަކު ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށާއި އިންތިހާބަށް ކުރިމަތިލުމަށް ފޯމު ހުށަހެޅުމަށްފަހު ހާމަ ކުރައްވާނެ ކަމަށެވެ.

އުމަރު ވިދާޅުވީ ރަނިންމޭޓަކު ކަނޑައެޅުމުގައި ބައްލަވާނީ މައިގަނޑު ދެ ސިފައަކަށް ކަމަށެވެ. އެއީ ގަވަނެންސްގެ ދާއިރާގެ ތަޖުރިބާއާއި، ކެމްޕޭންކޮށްގެން "ވިން" ކުރުމުގެ ސިފަ ކަމަށް އުމަރު ވިދާޅުވިއެވެ. އޭގެތެރެއިން ކެމްޕޭންކޮށްގެން "ވިން" ކުރުމުގެ ސިފަ އުމަރުގެ ގައިގައި ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވި ގޮތުގައި ރައީސް ނަޝީދާއި ރައީސް ޔާމީންގެ ވެސް އެންމެ ބޮޑު ފެއިލިއާއަކީ ގަވަނެންސްގެ ދާއިރާގައި ތަޖުރިބާ ނެތް ރަނިންމޭޓުންނެވެ.

އުމަރުވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކަށް އިދިކޮޅު ފަރާތްތަކުން ވެސް ހައްލެއް ހުށަހަޅާފައި ނުވާ ކަމަށް ވިދާޅުވެފައެވެ.
ހިޔާލު

އުމަރާ

އުމަރަށް ނޭންގޭތަ ނަޝީދު ކިފަހަރު ކުރިމަތި ނުލާކަމެއްވެސް.. ހާދަ ފަހަތުގައޭދޯ ތިއުޅެނީ

ފިރުޓޭ

އުމަރާ ކަލޭ ކުރާނެ ކަމެއް ނެތިގެން އަޅެ ފަހެ ތި އުޅެނީ! އަހަރުމެންގޭ ފެންވަޅު ދިޔަ ހިއްކާލަ ދޭން އައިސް ދޭންވީނު އަޅެ، ތި ގަނޑަ ނުތެޅި!

ލަކީ

ހެހެހެ ހަމަ އެންބުރެނީ ގޮތް ހުސް ވެގެން ހަމަ ކިރިޔިޔާ ވެސް ބަހެއް ބުނާއިރައް މައް
ސަލަ އޮތީ ބާއް ވާފަ ވަގުތުން ދައުވާ ކުރާނެ ހެހެ .ހަމަ ތިގޮތަށް މަރުގެ ހުކުމް ވެސް
ތަންފީޒު ކުރަން އުޅުނު ކޮބާ އެކަން،،،،ހަމަ އެގޮތަށް ޓެގް ވެސް އެޅުވި ކޮބާ ޓެގް

ހުދުވާ ސަޢީދު

އަޅޭ ތިހުދުވާ ހިފައިގެން ގޭގަ އޮވެބަލަ! މޮޔަ ނުވެ! މީހުން ހާދަ މަލާމާތެއް އެބަ ކުރެޔޭ އުމަރު ނަސީރު އަށް.

އަޙްމަދު

އެހެރީނު ގުޑްގަވަރނާސްގެ ދޮނބަފާ ވަހިއްދީނު ހަަހަހަހަހަ

ޖަމަލު

މަ އުމަރަށް ތާއީދު ކުރަނީ މިގައުމުގެ ގޭންގުގެ ވަބާ، އޭގެ މޫތައް ބާނާފަ ހުރި ފުންމިނުން ނެރެ އެއްލާލަން ސިޔާސަތު ހަދާފައޮތީ އުމަރު އެކަނި ކަމަށް ވާތީ. މިކުޑަ ދުވަސްކޮޅުތެރޭ 4 ވެރިކަމެެއް ފެނުން. އެންމެންވސް އެމީހުން ދޮންފުތު ކުރި. ނަތީޖާ މިއަދު މިލަނީ ކަރުބުޑުން. ހިތި ޒަހަރު

ސަމިލް

ރަނިންމޭޓަކަށް ވާނެ މީހަކު ވާނެބާ. ހީހީހަލާކުވެއްޖެ.

ރަނިން ރަނިން

އަހަންނަށްފެންނަނީ މިފަހަރު އުމަރު ކުޅިބަލަންގޭގާހުންނަން .. ދެން ރަނިންމޭޓަކަށް ނިހާނުގެންދޭ .. ނިހާނުއެހުންނަނީ ރަނިންމޭޓުކަންކުރާހިތުން ކުޅުދިޔާވެފަ. މިފަހަރު ޔާމީނުވެސް އެމަގާމުދޭނެކަމަށްއިންތިޒާރުކުރިވަހަކަ ކޮންމެވެސްވަރަކަށް ރަހުމަތްތެރިންކައިރީގަ ދެއްކިކަމަށްވޭ ..

ނަޖްވާ

މީ ދެން ކާކުތަ އަޅެ ފަހެ؟ ވަޓް އަ ވޭސްޓް އޮފް ޕްރެޝަސް ހިޔުމަން ސްޕޭސް!