Indiage Hiyaaeggai Thibi 40 Kudakudhin Rape Kuri Massala eh Fenmathi Vejje
image
އިންޑިއާގެ ސަރުކާރު ހިޔާގައި ތިބި 40 ކުޑަކުދިން ރޭޕްކުރި މައްސަލަ ފެންމަތިވެއްޖެ---
1 ކޮމެންޓް
 

އިންޑިއާގެ ހިޔާއެއްގައި ތިބި 40 ކުޑަކުދިން ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެ

އިންޑިއާގެ ސަރުކާރުން ހިންގާ ހިޔާއެއްގައި ތިބި 18 އަހަރު ނުފުރޭ 40 ކުޑަކުދިން ރޭޕްކޮށް، އިތުރު ކުއްޖަކު މަރާލާއި އެތަނުގައި ވަޅުލި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ބިހާރުގައި ސަރުކާރުން ހިންގަމުން ދިޔަ އެ ހިޔާ މިހާރު ވަނީ ބަންދުކޮށްފައެވެ. އަދި އެމައްސަލައިގައި 10 މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރެއިން ސަރުކާރުގެ މީހެއްވެސް ހައްޔަރުކޮށްފައިވެއެވެ.

ރޭޕް ކޮށްފައިވާ 18 އަހަރުން ދަށުގެ 40 ކުދިންގެ ތެރެއިން 21 ކުދިން ވަނީ ޓެސްޓު ހަދާފައެވެ. އަދި މިހާތަނަށް 16 ކުރިންގެ ރިޕޯޓް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ދެން ތިބި ކުދިންގެ ރިޕޯޓް އަދި ނުލިބޭކަމަށް ހޮސްޕިޓަލުން ބުނިއެވެ.

އެހިޔާގައި ހުރި އަންހެން ކުއްޖަކު ރޭޕް ކޮށް، މަރާލައި އެކަންތައް ފޫބެއްދުމުގެ ގޮތުން އެކުއްޖާ އެތަނުގައި ވަޅުލާފައިވާކަމަށް އެތަނުގައި ތިބި ކުދިން ބުނެއެވެ. އެކުއްޖާ މަރާލީ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފަކާއި ދެބަސްވެ އެކުއްޖާ ގައިގާ ތަޅައިގަނެގެން ކަމަށްވެސް އެތަނުގައި ދިރިއުޅުނު ކުދިން ބުނެއެވެ. އަދި އެކުއްޖާ ވަޅުލާފާ އޮތް ތަން ކޮންނަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ހިޔާ ހިންގަން ހަވާލުކޮށްފައި ތިބި މީހުންނަށް އެ ކުދިން ރޭޕު ކުރާކަން މިއަހަރުގެ މާޗު މަހު އެނގިފައިވާ ކަމަށާއި އެފަރާތްތަކުން ވެސް އެ ކަން ސިއްރު ކުރަން މަސައްކަތްކޮށްފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.
އިންޑިއާ ރޭޕު
ހިޔާލު

ކުމާރުއ

ސާވްދާމް އިންޑިޔާ.. ޖައެހިންދު..