Umar Naseerge Passport Hifahattan Amureh Nerefi
image
އުމަރު ނަސީރު---
3 ކޮމެންޓް
 

އުމަރު ނަސީރުގެ ޕާސްޕޯޓު ހިފަހައްޓަން އަމުރެއް ނެރެފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ޕާސްޕޯޓު ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
އުމަރުގެ ޕާސްޕޯޓު ހިފަހައްޓަން ސިވިލް ކޯޓުން އަމުރުކޮށްފައިވަނީ އުމަރުގެ ހިއްސާ އޮންނަ ކުންފުންޏަކާ ދެކޮޅަށް ޕެންޝަން އޮފީހުން ކުރި ދައުވާއަކާއި ގުޅިގެންނެވެ.

އުމަރުގެ ޕާސްޕޯޓު ހިފަހައްޓަން އަމުރެއް ނެރުނުކަން ސިވިލް ކޯޓުން ވެސް ވަނީ ޔަގީންކޮށް ދީފައެވެ. ނަމަވެސް އުމަރު ވިދާޅުވީ އެފަދަ ކަމެއް އެނގިވައިގެންފައި ނުވާ ކަމަށެވެ. އަދި އުމަރާ ދެކޮޅަށް އެއްވެސް މައްސަލައެއް ކޯޓުގައި ހިންގާ އޭނާ ކޯޓަށް ހާޒިރު ކޮށްފައި ވެސް ނުވާ ކަމަށާއި އޭނާ ހިއްސާވާ ކުންފުންޏެއްގެ މައްސަލަ ވެސް ކޯޓެއްގައި ނޯންނާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަން އިއުލާން ކުރައްވާފައިވާ އުމަރު ގެންދަވަނީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ވެސް ކުރައްވަމުންނެވެ.
ހިޔާލު

އަހުމަދު

ހީވާގޮތުން މީނަވެސް ދަލުގައި ޖައްސަނީކަންނޭގެ. މީނަގެ ހަރުގަނޑު ފާރުގަ ލެއްގީހެން ހީވަނީ..

ފިޔަވަޅު

ތިއޮތީ މިނިކާވަގު އައިސް އަތުގައި ދަތްއަޅާފައި.

ސިއްދީޤް

ސާބަސް ރައީސް، ހަމަނުޖެހުން ހިންގަން ހިއްވަރުދީ ރައީސްއަށް ޕުރެސަރުކުރުމަށް މީނަ އަޑީގަހުރެގެން ވަރަށްގިނަކަންތައްތައް އެބަރާވާ، މީވެސް ޖަލުގައޮށްނަންޖެހޭމީހެއް. މިކަހަލަ މީހުން އިންތިހާބުގެ ކުރިން ޖަލައްލާން އެބަޖެހޭ