Syria ah Goss Ulhunu Dhivessaku Athulaigane Aniyaaverigothakah Boa Buri Kollaigen Maraalaifi
image
ސީރިއާގައި ދިވެހިންތަކެއް ޓްރޭނިން ހަދާ ކަމަށް ބުނާ ފޮޓޯއެއް---
7 ކޮމެންޓް
 

ސީރިއާއަށް ގޮސް އުޅުނު ދިވެއްސަކު އަތުލައިގަނެ ބޯ ބުރިކޮށްލައިގެން މަރާލައިފި

ސީރިއާގައި ކުރަމުންދާ ހަނގުރާމާގައި ބައިވެރިވަމުން ދިޔަ ދިވެއްސެއްގެ ބޯ ބުރިކޮށްލާ އަނިޔާވެރި ގޮތަކަށް މަރާލައިފިއެވެ. dhi2
ވީއެފްޕީއަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި އައިއެސްއާއެކު ހަނގުރާމަ ކުރަމުން ދިޔަ ޒުބައިރު ނަމަކަށް ކިޔާ އެ ދިވެހި މީހާގެ ބޯ ބުރިކޮށް މަރާލާފައިވަނީ މީގެ ދެ ހަފުތާ ކުރިން ސީރިއާގެ އިޑްލިބުގައެވެ.

އެނގިފައިވާ ގޮތުގައި ޒުބައިރު އަތުލައިގަނެ އޭނާގެ ބޯ ބުރުކޮށް މަރާލާފައިވަނީ ސީރިއާގައި ހަރަކާތްތެރިވަމުންދާ ޖަމާއަތެއް ކަމަށްވާ ތަހުރީރް އަލްޝާމްއިންނެވެ. ޒުބައިރު އަސީރުކޮށްފައިވަނިކޮށް އަދި އޭނާގެ ބޯ ބުރިކޮށް މަރާލުމަށްފަހު ނަގާފައިވާ ފޮޓޯތަކެއް ތަހުރީރު އަލް ޝާމްއާއި ގުޅުން ހުންނަ ބައެއް ސޯޝަލް މީޑިއާ އެކައުންޓުތަކުން އާއްމުކޮށްފައިވެއެވެ. އޭގެ ބައެއް ފޮޓޯތައް ވީއެފްޕީއަށް ވެސް ވަނީ ލިބިފައެވެ.

މައުލޫމާތު އެނގޭ ފަރާތަކުން ވީއެފްޕީއަށް ބުނި ގޮތުގައި ޒުބައިރު އަސީރުކޮށް އޭނާގެ ބޯ ބުރިކޮށް މަރާލާފައިވަނީ އައިއެސްއާއެކު ހަނގުރާމަ ކުރަމުން ދަނިކޮށް ތަހުރީރު އަލްޝާމްގެ ބެލުމުގެ ދަށަށް އެތައް ފަހަރަކު އޭނާ ގެންގޮސް ނަސޭހަތް ދިނުމަށްފަހު ވެސް އައިއެސްއާއެކު ހަނގުރާމަ ކުރުމުންނެވެ.

ސީރިއާއާއި އިރާގުގައި އައިއެސް ވަރަށް ބޮޑަށް ބަލިވެ ފަހަތަށް ޖެހިފައިވާ އިރު އަދި ވެސް ދޭތެރެ ދޭތެރެއިން ހަނގުރާމައަށް ސީރިއާއަށް ދިވެހިން ދެއެވެ. އޭގެތެރެއިން ބައެއް މީހުން އަތުލައިގަނެ ރާއްޖޭގައި ހައްޔަރު ވެސް ކުރެއެވެ.
ހިޔާލު

ނަން ހާމަކުރަން ބޭނުމެށްނޫން

މިއީ މުސްލިމުން އިސްވެ ހަގުރާމަ ކުރަންވީ ޒަމާނެތް ނޫން ދިފާއުގަ ނޫނީ.

ބުރާންތި

ހަބަރު ލިޔަނީ މީހުންގެ ސަމާލުކަން ހޯދަން!

ޚާލިދު ބިން ސަމަދު

އަދިވެސް ހަނގުރާމަޔަށް ދޭ! ކޮން ހަނގުރާމަޔަކަށް ދާކަށް؟

ފޮނިސޮރު

ކޮބަ ބޯބުރި

އަހުމަދު

ޒުވާނުން ކީއްކުރަންބާ އެދަނީއެތަނަކަށް ޤައުމުގައި ރަގަޅުގޮތުގައި ތިބެންވީނު ...

ލަކީ

އޯކޭ ވާނެ

ގަމާރު

ކަލޭމެން ތިޔޮއް ޖަހާ ސުރުހީއެއް ދޯ. ބޯ ބުރި ކޮށްލާފަ އަދި މަރާލި ވާހަކަވެސް ޖަހަން ޖެހޭތަ