Bigg Boss 11 Gai Komolika Akee Hina: Shilpa
image
ޝިލްޕާ އާއި ހީނާ--
0 ކޮމެންޓް
 

ބިގް ބޮސް 11 ގައި ކޯމޮލިކާ އަކީ ހީނާ: ޝިލްޕާ

ކަލާސް ޓީވީ އިން ދައްކަމުން އަންނަ މަޝްހޫރު ރިއަލިޓީ ޝޯ ބިގް ބޮސް 11 ގައި ކޯމަލިކާއަކީ ޓީވީ އެކްޓަރު ހީނާ ހާން ކަމަށް ބިގް ބޮސް 11 ކާމިޔާބު ކުރި ޝިލްޕާ ޝިންދޭ ބުނެފިއެވެ.
ހީނާއަކީ ބިގް ބޮސް 11 ގެ ކޯމޮލިކާ ކަމަށް ޝިލްޕާ ބުނެފައި މިވަނީ 90 ގެ އަހަރުތަކުގައި ދެއްކި އެންމެ މަގުބޫލު އެއް ޝޯކަމުގައިވާ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިގައި ކޯމޮލިކާގެ ރޯލު ކުޅުމަށް ހީނާ ހާން ނަގާފައިވުމާއި ގުޅިގެންނެވެ.
އެކްތާ ކަޕޫރު ޕްރޮޑިއުސްކޮށް ނެރެފައިވާ އެންމެ މަޝްހޫރު އެއް ޝޯކަމުގައި ވާ ކަސޯޓީ ޒިންދަގީ ކޭގައި ހީނާ ހާނަށް އެޝޯގެ އެންމެ އައިކޯނިކް ރޯލުކަމުގައިވާ ކޯމޮލިކާގެ ރޯލު ލިބިފައިވާއިރު ކޯމޮލިކާއަކީ އެޝޯގައި ނުބައި ބައި މީހެއްގެ ރޯލުން ފެނިގެންދާ މީހެކެވެ.

ކޯމޮލިކާގެ ރޯލަށް ހީނާ ހަމަޖެއްސުމާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ޝިލްޕާ ބުނީ އޭނާއަކީ ބިގް ބޮސް 11 ގައިވެސް ކޯމޮލިކާ ކަމަށެވެ. މީގެއިތުރުން ހީނާއަކީ މޮޅު އެކްޓްރެސް އެއްކަމަށާއި ނެގެޓިވް ރޯލެއް ކުޅުމަކީ އޭނާއަށް އުނދަގޫވާނެ ކަމެއް ނޫން ކަމަށް ވެސް ޝިލްޕާ ބުނެއެވެ.

ގިނަ ބަޔަކު އެންމެ ކެތްމަދުވެފައިވާ އެއް ޓީވީ ޝޯކަމުގައިވާ ކަސޯޓީގެ ޓީޒާ މިހާރު އާއްމުކޮށްފައިވާއިރު އެޝޯގައި މަސައްކަތް ކުރާނެ ހުރިހާ ތަރިންގެ ނަންތައް މިހާތަނަށް އަދި އެކްތާ ހާމައެއް ނުކުރެއެވެ. އެހެންނަމަވެސް އެޝޯގެ ޝޫޓިންތައް ފަށާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ.

ބިގް ބޮސް 11 ގައި އަބަދުމެހެން ހީނާ އާއި ޝިލްޕާގެ މެދުގައި މައްސަލަތައް ދިމާވެ ޒުވާބުކޮށް ހަދާފައިވާއިރު ދެމީހުން އެކަކު އަނެކަކު ފެންނަ ހިސާބަށް ވެސް ގޮސް ހަދަނީ މަދު ފަހަރެކެވެ. އަދި ފިލްމީ ދާއިރާގައި ވެސް ދެމީހުން އެކުގައި މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް އެދެމީހުން ބުނެއެވެ.

1999 ވަނަ އަހަރު ފިލްމީ ދާއިރާގައި މަސައްކަތް ކުރަން ފަށާފައިވާ ޝިލްޕާ ވަނީ 2017 ވަނަ އަހަރުގެ ބިގް ބިސް 11 ގެ އެއްވަނަ ހޯދާފައެވެ. އަދި ސްޓާ ޕްލަސް އިން ދެއްކަމުން އަންނަ މަޝްހޫރު ޝޯ ޔޭ ރިޝްތާ ކިޔާ ކެހްލާތާ ހޭގައި އަކްޝަރާގެ ރޯލުން ފެނިފައިވާ ހީނާ ވަނީ އެޝޯގެ ދެވަނަ ހޯދާފައެވެ.
ކަސޯޓީ ހީނާ ހާން
ހިޔާލު