UK ge Hurihaa Ge akah Internet Dheyn E Qaumuge Sarukaarun Hushahalhaifi
image
0 ކޮމެންޓް
 

ޔޫކޭގެ ހުރިހާ ގެއަކަށް އިންޓަނެޓް ދޭން އެގައުމުގެ ސަރުކާރުން ހުށަހަޅައިފި

އިނގިރޭސިވިލާތުގެ ސަރުކާރުން ހުށަހަޅާފައިވާ ޑިޖިޓަލް ސްޓްރެޓަޖީގައި އެގައުމުގެ ހުރިހާ ގެއަކަށް 2033 ވަނަ އަހަރާއި ހަމައަށް ފުލް-ފައިބަރ ބްރޯޑްބޭންޑް ހިދުމަތް ދޭން ހިމަނައިފިއެވެ.
އެ ހުށަހެޅުން ހުށަހަޅާފައިވަނީ އިނގިރޭސިވިލާތުގެ ޑިޕާޓްމެންޓް ފޮ ޑިޖިޓަލް ކަލްޗާ މީޑިއާ އެންޑް ސްޕޯޓްސް އިންނެވެ. އެ ހުށަހެޅުމުގައި އަލަށް އިމާރާތް ކުރެވޭ ގެތަކުގައި ފުލް-ފައިބަރ ބްރޯޑްބޭންޑް ފޯރުކޮށްދޭން ވަނީ ހިމަނާފައެވެ.

އިނގިރޭސިވިލާތުގެ ސަރުކާރުން ލަފާކުރާ ގޮތުގައި 2025 ވަނަ އަހަރު އަންނައިރު 15 މިލިއަން ގެއަށް ފުލް-ފައިބަރ ބްރޯޑްބޭންޑް ފޯރުކޮށްދެވޭނެއެވެ. އަދި ވިޔަފާރިތައް ހިމެނޭ ގޮތަށް ހުރިހާ ފަރާތަކަށް 2033 ވަނަ އަހަރުގެ ނިޔަލަށް ފުލް-ފައިބަރ ފޯރުކޮށްދެވޭނެއެވެ.

އެ މަޝްރޫއަށް ގާތްގަނޑަކަށް 39 ބިލިއަން ޑޮލަރު ހޭދަވާނެ ކަމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ލަފާކުރެއެވެ.

އިނގިރޭސިވިލާތުގެ ހަތަރު އިންސައްތަ ގެއަށް މިހާރު ވަނީ ފުލް-ފައިބަރ ބްރޯޑްބޭންޑް ފޯރުކޮށްދީފައެވެ. ސްޕެއިންގެ 71 އިންސައްތަ ގެއަށް އަދި ޕޯޗުގަލްގެ 89 ގެއަށް ވަނީ ފުލް-ފައިބަރ ބްރޯޑްބޭންޑް ފޯރުކޮށްދީފައެވެ.
ޔޫކޭ އިންޓަނެޓް
ހިޔާލު