'Badla' Nereni Anhenun ge Dhuvahu
image
އަމީތާބާއި ތާޕްސީ--
0 ކޮމެންޓް
 

"ބަދްލާ" ނެރޭނީ އަންހެނުންގެ ދުވަހު

އަމީތާބް ބައްޗަނާއި ތާޕްސީ ޕަންނޫ ލީޑު ރޯލުން ފެނިގެންދާ "ބަދްލާ" އަންނަ އަހަރުގެ އަންހެނުންގެ ދުވަހު ނެރުމަށް ހަމަޖައްސައިފި އެވެ.
ކޮންމެ އަހަރު މާރޗް މަހު 8 ވަނަ ދުވަހަކީ ބައިނަލް އަގުވާމީގޮތުން ފާހަގަކުރާ ދުނިޔޭގެ އަންހެނުންގެ ދުވަހެވެ. އެ ދުވަހާ ދިމާކޮށް ފިލްމު "ބަދްލާ" ނެރުމަށް ހަމަޖައްސާފައިވާ އެދުވަހު ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

ސުޖޯއީ ގޯޝް ޑައިރެކްޓު ކުރާ އެފިލްމުގެ ޝޫޓިން މިހާރު ނިންމާލައިފައިވާއިރު ފިލްމުގެ ބައެއް މަންޒަރުތައް ނަގާފައިވަނީ ލަންޑަނުގަ އާއި ސްކޮޓްލޭންޑުގައެވެ. "ބަދްލާ" އަކީ ސްޕެނިޝް ފިލްމެއް ކަމަށްވާ "އިންވިޒިބަލް އެސްޓް" ގެ ރިމޭކެކެވެ.

އަމީތާބު އަދި ތާޕްސީ އެފިލްމުން ފެނިގެންދާއިރު މިއީ ދެމީހުން އެކުގައި މަސައްކަތް ކުރާ ދެވަނަ ފަހަރެވެ. "ބަދްލާ" ގައި އެދެމީހުން ފެނިގެންދާނީ ކޮން ރޯލަކުންކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ޝާހު ރުކް ހާނެވެ.

ހިޔާލު