Malegai 17 Aharuge Anhen Kujjaku rape Kuri Kamah Bunaa Massalaeh Balanee
image
މާލޭސިޓީގެ މަގެއް---
1 ކޮމެންޓް
 

މާލޭގައި 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕު ކުރި މައްސަލަައެއް ބަލަނީ

މާލޭސިޓީގައި ރޭ ދެ މީހަކު ވެގެން އަންހެން ކުއްޖަކު ރޭޕު ކުރި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފިއެވެ.
މައުލޫމާތު އެނގޭ މީހަކު ވީއެފްޕީއަށް ބުނި ގޮތުގައި މާލޭގެ ކޮލެޖެއްގައި ކިޔަވަމުން ގެންދާ އެ ކުއްޖާ ރޭޕުކޮށްފައިވަނީ ރޭ އިރާކޮޅު އަށެއް ޖަހާ އެހާކަށްހާއިރު ބްރޭކު ގަޑިއަށް ކޮލެޖުން ބޭރަށް ނުކުމެ އުޅުނު ވަގުތު ތަނަކަށް ގެންގޮސްގެންނެވެ. އެ މީހާ ބުނި ގޮތުގައި އަންހެން ކުއްޖާ ރޭޕު ކުރުމުގައި ބައިވެރިވި ދެ މީހުންގެ ތެރެއިން އެކަކީ އެ އަންހެން ކުއްޖާ ރައްޓެހި މީހެކެވެ.

އެނގިފައިވާ ގޮތުގައި އަންހެން ކުއްޖާގެ ޓެސްޓުތަކެއް ރޭ އައިޖީއެމްއެޗަށް ގެންގޮސްގެން ހަދާފައިވެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެފަދަ މައްސަލައެއް ހުށަހެޅުމުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވައެވެ.
ހިޔާލު

ހޯން

ފެށުނީ