IGMHge Naruhunge Baeh Allowancethah Kandaalanee
image
އައިޖީއެމްއެޗް---
1 ކޮމެންޓް
 

އައިޖީއެމްއެޗުގެ ނަރުހުންގެ ބައެއް އެލަވަންސްތައް ކަނޑާލަނީ

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ނަރުހުންނަށް ދެމުން އަންނަ ބައެއް އެލަވަނަސްތައް ކަނޑާލަން ނިންމައިފިއެވެ.
އައިޖީއެމްއެޗުގެ ބައެއް ނަރުހުން ބުނި ގޮތުގައި އެލަވަންސްތައް ކަނޑާލަން ނިންމާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

އައިޖީއެމްއެޗުގެ މެނޭޖުމެންޓުން މި މަހުގެ 24 ވަނަ ދުވަހު ހުރިހާ ނަރުހުންނާ ބައްދަލުކޮށް އެކަން އަންގާފައިވާ އިރު އެ އެލަވަންސްތައް އުނި ކުރުމަށްފަހު މިހާރު ވެސް ދެމުން އަންނަ ސާވިސް އެލަވަންސް "ރަނގަޅު" ކުރާނެ ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ސާވިސް އެލަވަންސްގެ ގޮތުގައި 2500 ރުފިޔާ މިހާރު ދެމުންދާ އިރު ކުރިއަށް އޮތްތަނުގައި އެ އެލަވަންސް ބޮޑު ކުރަނީ ކިހާވަރަކަށްކަން އަދި ހާމައެއް ނުކުރެއެވެ.

ކަނޑާލަން ނިންމާފައިވަނީ ޝިފްޓް އެލަވަންސާއި، ރިސްކު އެލަވަންސެވެ.

"ނަރުހުންނާއި ބައްދަލުކޮށްފަ ބުނި އެ އެލަވަންސްތައް ކަނޑާލި ނަމަވެސް ސާވިސް އެކަވަންސް ރަނގަޅު ކުރާނަމޭ. އޭރުން މިހާރު ގެއަށް ގެންދަން ލިބޭ އެއްޗަކަސްވުރެ ރަނގަޅުވާނޭ ޖުމްލަކޮށް. ނަމަވެސް ތަފުސީލެއް ނުދޭ. އަސްލު ތަފުސީލުތައް ހާމަ ނުކުރާތީ ހުރިހާ ނަރުހުން ވެސް ތިބީ ކަންބޮޑުވެފައި،" އައިޖީއެމްއެޗުގެ ނަރުހަކު ބުންޏެވެ.

މި ހަބަރާ ގުޅޭ ގޮތުން އައިޖީއެމްއެޗުގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.
ހިޔާލު

ބޮކުބާޑު

އެއްޗެއް ދީގެންވެސް ޚިދުމަތް ރަގަޅު ކުރެވޭތޯ ނުބަލާތި. ކަނޑާލެވޭތޯ ބަލާނީ. މުޅިތަން އަޅުވެތިކުރޭ. ލައްކަ ކުރިއެރުން އެއިރުން ލިބޭނެ.