Samsung inn Genesdhenee Flexible Screen Phone eh
image
ސަމްސަންގްގެ ފްލެކްސިބަލް ސްކްރީން--
0 ކޮމެންޓް
 

ސަމްސަންގުން ގެނެސްދެނީ ފްލެކްސިބަލް ސްކްރީން ފޯނެއް

ސަމްސަންގުން ދެން ބާޒާރަށް ނެރޭ ސްމާޓްފޯނަކީ ފްލެކްސިބަލް ސްކްރީނެއް ހިމެނޭ ފޯނެއް ކަމަށާއި އެއީ ލަންބާލެވޭނެ ފޯނެއް ކަމަށް އަޑު ފެތުރެން ފަށައިފިއެވެ.
ސްމާޓްފޯނުތައް އުފައްދާ މަޝްހޫރު ކުންފުނިތަކުން އެ ކުންފުނިތަކުގެ ފޯނު ބާޒާރަށް ނެރެން ތައްޔާރުވާއިރު އަބަދުވެސް އެ ފޯނާއި ގުޅޭ ތަފާތު ވާހަކަތަކާއި އަޑުތައް ފެތުރެއެވެ.

ސަމްސަންގުން ދެން ނެރޭ ފޯނުގައި ހިމެނޭ ސްކްރީނަކީ ފްލެކްސިބަލް ސްކްރީނެއް ކަމަށް އަޑު ފެތުރޭއިރު ލަންބާލިޔަސް ސްކްރީން ތަޅައިގެން ނުދާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ.

ކޮރެއާގެ ފޯނު އުފައްދާ ކުންފުނި ސަމްސަންގުން ހާމަކުރި ގޮތުގައި އެ ކުންފުނިން ވަނީ ސްމާޓްފޯނު ޕެނަލެއް ތަރައްގީކޮށްފައެވެ.

ސްމާޓްފޯނު އުފައްދާ ކުންފުނިތަކުގެ މެދުގައި ވާދަވެރިކަން އިތުރުވެ، އެއް ކުންފުނީގެ އުފެއްދުމަށްވުރެ އަނެއް ކުންފުނީގެ އުފެއްދުން ފުރިހަމަ ކުރުމަށް ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
ހިޔާލު